Roadha Mihaaru
ހަށިގަނޑު ހަވާލުކޮށްފި، ޖަނާޒާ މަޣުރިބަށް ފަހު

ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މަޣުރިބު ނަމާދަށް ފަހު

29 ސެޕްޓެމްބަރ 2017

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާއިރު ޖަނާޒާގެ ކަންކަން މަޣުރިބު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާއިރު ޖަނާޒާގެ ކަންކަން މަޣުރިބު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.

ހުޅުމާލޭގައި ރޭ ވަރަށް ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު އެ ދެ މީހުންގެ ހަށިގަނޑު ހުކުރުގެ ކުރިން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޖަނާޒާ ކަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނި ގޮތުގައި އަސުރު ނަމާދަށް ފަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއިލާއިން ބޭނުންވި ނަމަވެސް ކަން ދިމާވި ގޮތުން ޖަނާޒާގެ ކަންކަން ބޭއްވޭނީ މަޣުރިބް ނަމާދަށް ފަހުގައި ކަމަށެވެ.

ޖަނާޒާގެ ކަންކަން ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ.

އެ ދެ ޒުވާނުން މަރުވީ، ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށްގެން ބޮއިގެން ތިބެ މަޖާކުރަމުން ދަނިކޮށް ކަމަށް އެކަން އެނގޭ ބަޔަކު "މިހާރު" އަށް ވަނީ ކިޔައިދީފަ އެވެ.

ރޭ އުފަންދުވަހުގެ ޕާޓީއަކަށް ތައްޔާރުވުމުގެ ތެރެއިން ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ތިބި ސަރަހައްދުން ޕާޓީ ޑުރަގްސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރަށް އެނގިފައިވާގޮތުގައި މަރުވި ދެ ޒުވާނުންނަކީ ވެސް އަދި އެ މައްސަލާގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ ވެސް އެއްވެސް ކުށުގެ ރެކޯޑެއް ނެތެވެ.