Roadha Mihaaru
ބިލެތްފައްސަށް ވަގުތީގޮތުން ކަރަންޓު ދީފި

ބިލެތްފައްސަށް ވަގުތީގޮތުން ކަރަންޓު ދީފި

25 ސެޕްޓެމްބަރ 2017

ށ. ބިލެތްފައްސަށް ވަގުތީގޮތުން ރޭ ކަރަންޓު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ށ. ބިލެތްފައްސަށް ވަގުތީގޮތުން ރޭ ކަރަންޓު ދީފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ރޭ 12:20ހާއިރު ޖަހާކަށްހާއިރު މުޅި ރަށަށް ކަރަންޓު ދީފައިވާނެ ކަމަށެވެ.

ބިލެތްފަހީގެ އިންޖީނުގޭގައި މިިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އަދި އެ ރަަށުން ވަނީ އެ ރެއިން ފެށިގެން ކަރަންޓު ކެނޑިފަ އެވެ.

ބިލެތްފައްސަށް ކަރަންޓު ދިނުމަށް އެ ރަށަށް ޖަނަރޭޓަރެއް ގެންދަނީ.-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ބިލެތްފައްސަށް ކަރަންޓު ދިނުމަށް އެ ރަށަށް ޖަނަރޭޓަރެއް ގެންދަނީ.-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

އޮފިޝަލް ވިދާޅުވީ އެ އަތޮޅު ފޭދޫން 120 ވޮޓްގެ އިންޖީނެއް އަދި ހއ. ފިއްލައިދޫން ބިލެތްފައްސަށް ޕެނަލެއް ގެންގޮސްފައިވާ ކަމަށެވެ. އަދި އެނދި އިންޖީނުގެ ކައިރީގައި ވަގުތީ ތަނެއް ހެދުމަށް ފަހު ރޭ ކަރަންޓު ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ރޭގައި ވަގުތީ ކަރަންޓު ދީފިން. ދާއިމީ ކަަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މި އަންނަނީ މިހާރު،" އޮފިޝަލް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ހިމެނޭ ބިލެތްފަހީގައި ފެނަކަ އިން ހިންގަމުން އައި އިންޖީނުގޭގައި ރޯވާން ދިމާވީ، ތިން އިންޖީނުގެ ތެރެއިން އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.