24 ސެޕްޓެމްބަރ 2017
އިންފެކްޝަނެއްގެ ސަބަބުން ނުކެވި ގިނަ އަހަރުތަކެއް ވެފައިވާ އިބްރާހިމް ޒާހިލަށް އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ގޯސްވެ، ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އާއިލާގެ އެންމެން އެ ގައުމަށް ހިނގައްޖެ އެވެ.
އިންފެކްޝަނެއްގެ ސަބަބުން ނުކެވި ގިނަ އަހަރުތަކެއް ވެފައިވާ އިބްރާހިމް ޒާހިލަށް އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ގޯސްވެ، ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އާއިލާގެ އެންމެން އެ ގައުމަށް ހިނގައްޖެ އެވެ.
ޒާހިލް މިހާރު އޮތީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ކުރިން ބުނެފަ އެވެ. އެހެންވެ، އޭނާގެ ބައްޕަ ފަރާތު ކާފަ އާއި މާމަ އަދި އެއް ބަނޑު އެއްބަފާ މީހުން ވެސް އިއްޔެ އިންޑިއާއަށް ވަނީ ގޮސްފަ އެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ޒާހިލްގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރުން އެންގީ، މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސުމަށް ފަހު، އެއްވެސް ހަރަކާތެއް ނުކުރާތީ ސްކޭންތަކެއް ހަދައިފަ އެވެ.
"ވަރަށް ގަދައަށް ބޮލުގައި ރިއްސުމަށް ފަހު ހަމަ ކުއްލިއަކަށް އެކަން ހުއްޓުނީ. ކުރިން އޭނާ ކައިރީގައި މަންމަމެން މަޑުކޮށް ދާން އުޅެން ހެދީމައި ލޮލުން ކަރުނަ އަންނާނެ. އެކަމަކު ފަހުން އެއްވެސް ހަރަކާތެއް ނުވަތަ އެފަދަ އަސަރެއް މޫނުމައްޗަކުން ނުފެނޭ. ދެން ޑޮކްޓަރުން ސްކޭން ކުރުމަށް ފަހު އެންގީ ސިކުނޑިއަށް އަސަރު ނުފޯރާ ކަމަށް،" އާއިލާގެ މީހާ ބުންޏެވެ.
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ހާލު ސީރިއަސް ވެގެން އޭނާ ކޮޗިންއަށް ގެންދިޔައީ ވެސް ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އޭރުއްސުރެ އޭނާއަށް ފަރުވާ ދެމުން އަންނަނީ މެޝިނުގެ އެހީގަ އެވެ.
"މެޝިން ނައްޓާލައިފި ނަމަ ޒާހިލްއަކަށް ނޭވައެއް ނުލެވޭނެ،" އޭނާ ބުންޏެވެ.
ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް އިންޑިއާއަށް ގެންދިޔައީ އޭނާގެ ބަރުދަން ކުޑަކޮށް އިތުރުވުމުން، ގޮހޮރުގެ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ހައިދަރުއާބާދަށް ގެންދިޔުމުގެ އުއްމީދުގަ އެވެ. އެކަމަކު މިހާރު އޭނާގެ ހާލަތު ހުރި ގޮތުން އެއްވެސް ތަނަކަށް ދަތުރު ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ.
ޒާހިލަށް ވަނީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްގައި ވެސް ފަރުވާ ދީފަ އެވެ. އެކަމަކު ހާއްސަ އޮޕަރޭޝަނެއް ކުރަން ބޭނުންވާ ބަރުދަން ނެތުމުން، އެނބުރި ރާއްޖެ އައީ އެވެ.
"މީގެ ދެތިން ހަފުތާ ކުރިން ޑޮކްޓަރު ބުނީ ރާއްޖެ ގެންދަންވީ ނޫންހޭ، މިކޮޅުން ދެވޭނެ އިތުރު ފަރުވާއެއް ނެތޭ. އެކަމަކު އަޅުގަނޑުމެން އުޅުނީ ހައިދަރުއާބާދަށް ދާން. މިދިޔަ ހަފުތާގައި އަނެއްކާ ޑޮކްޓަރުން ބުނެފި އިތުރު ތަނަކަށް ނުގެންދެވޭނެއޭ އެހެންވެ ރާއްޖެ ގެންދެވޭކަށް ވެސް މިހާރަކު ނެތް،" ޒާހިލްގެ ބޭބެއަކު، މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ. ޒާހިލް މި ބަލީގައި އުޅޭތާ 18 އަހަރު ވީ އެވެ. އުފަންވީއްސުރެ ޒާހިލުގެ ސިއްހަތަށް އެކި މައްސަލަތައް ދިމާވަމުން ގޮސް، އޭނާ އަށް އަނގައިން އެއްޗެއް ނުކެވޭތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެހެންވެ ކާ އެއްޗެހި ބަނޑަށް ފޮނުވަނީ ހޮޅިއެއްގެ ތެރެއިންނެވެ.
ޒާހިލަށް ވަރަށް ގިނަ ދިވެހިން ފައިސާގެ ގޮތުން ބޮޑެތި އެހީތައް ވި އެވެ.
ކަރަންޓީނަށް ފަހު ފަރުވާ ފެށުމަކީ އަމްރިތާގެ ނިންމުމެއް
ޔޫންގެ އޮޕަރޭޝަން އަމްރިތާ އިން ކުރެވޭ: އާސަންދަ
އިންޑިއާ އިން އައި ފަސް މީހަކު އައިޖީއެމްއެޗުގައި
އިންޑިއާގައި ތިބި 159 ދިވެއްސަކު ރާއްޖެ ގެނެސްދީފި
ޒާހިލް މަރުވެއްޖެ
"ޒާހިލް މިހާރު ހީވަނީ އަށް އަހަރުގެ ކުއްޖެއްހެން"
ކާންދޭ ހޮޅި ނެއްޓިގެން ޒާހިލް އިންޑިއާ އަށް
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ