27 ސެޕްޓެމްބަރ 2017
އިންފެކްޝަނެއްގެ ސަބަބުން ނުކެވި ގިނަ އަހަރުތަކެއް ވެފައިވާ އިބްރާހިމް ޒާހިލަށް އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށާއި އޭނާ މިހާރު ހީވަނީ އަށް އަހަރުގެ ކުޑަކުއްޖެއްހެން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އިންފެކްޝަނެއްގެ ސަބަބުން ނުކެވި ގިނަ އަހަރުތަކެއް ވެފައިވާ އިބްރާހިމް ޒާހިލަށް އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށާއި އޭނާ މިހާރު ހީވަނީ އަށް އަހަރުގެ ކުޑަކުއްޖެއްހެން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މި އަހަރު 18 އަހަރު ފުރުނު ޒާހިލަށް، އެއްޗެއް ނުކެވޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ބަނޑަށް ހޮޅިއެއް ލައްވައިގެން، ހަމައެކަނި ދިޔާ އެއްޗެހި ދެމުން އަންނަ އިރު، ހާލު ސީރިއަސްވެގެން މިދިޔަ މަހު އިންޑިއާ އަށް ގެންދިޔަ އިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ.
"ޒާހިލް ހަމައެކަނި ނޭވާލާކަން. އެއްވެސް ހަރަކާތެއް ނުކުރޭ. އަޅުގަނޑަށް އޭނާ ސިފަ ކުރެވެނީ އަށް އަހަރުގެ ކުޑަކުއްޖެއްގެ ގޮތަށް،" މެޝިނުގެ އެހީގައި ނޭވާލަމުން އަންނަ ޒާހިލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާގެ ދެބެންގެ ދެ ދަރި ބޭބެ، އަރީފް މުހައްމަދު ބުންޏެވެ.
"މެޝިނުން ނަގާއިރަށް އޭނާގެ ނޭވާ ހުއްޓޭނެ،"
ޒާހިލްގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ކުރިން އާއިލާ އިން ބުނި ނަމަވެސް، އަރީފް ބުނީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ޒާހިލްގެ ހާލު މާ ބޮޑަށް ދަށަށް ދިޔުމުން، ޑޮކްޓަރުން ލަފާކުރި ގޮތެއް ކަމަށެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ޒާހިލަށް ފަރުވާ ދެމުން އަންނަ އިރު، މީހުން ވަކި ކުރަން އޭނާ އަށް އެނގޭ ކަމަށް އަރީފް ބުންޏެވެ.
"މަންމަ އާއި ބައްޕަ ނުވަތަ އަޅުގަނޑުމެން ކޮންމެ މީހަކު އައިސީޔޫ އަށް ވަދެފަ ނިކުންނަ އިރު ޒާހިލު ރޯނެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފަށާނެ. އެހެންވެ އެނގޭ އޭނާ އަށް އަޅުގަނޑުމެން ވަކިކުރަން އެނގޭކަން،" އަރީފް ބުންޏެވެ.
އޭނާ ބުނީ ޒާހިލުގެ ހާލަތާ މެދު ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާކަން ނުގޮތަކަށް އެ މީހުން ބުނި ނަމަވެސް، އާއިލާ އިން އުއްމީދު ކަނޑާނުލާ ކަމަށެވެ. އަދި ޒާހިލްގެ ހާލު ރަނގަޅުވަންދެން އާއިލާ އިން އޭނާ އަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އަރީފް ބުންޏެވެ.
އެހެން ހޮސްޕިޓަލަކަށް ޒާހިލް ގެންދެވޭތޯ އާއިލާ އިން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން އެކަން ކުރެވޭ ގޮތެއް ނުވެ އެވެ.
ޒާހިލަށް ނިއުމޯނިއާ ވެސް ޖެހިފައިވާ އިރު، އެ ބަލި ވެސް ކޮންޓްރޯލެއް ނުކުރެވެ އެވެ.
އަރީފް ބުނީ ނިއުމޯނިއާ ކޮންޓްރޯލް ކުރެވެން އޮތީ ޒާހިލްގެ ގޮހޮރަށް ގުޅާފައިވާ ހޮޅީގައި އިން ލޯވަޅެއް ބެއްދުމަށް އޮޕަރޭޝަނެއް ކޮށްގެން ކަމަށާއި އެކަމަކު އެ އޮޕަރޭޝަން ކުރޭވޭނީ ވެސް އޭނާ ވެންޓިލޭޓަރުން ނަގައިގެން ކަމަށެވެ.
"އެކަމަކު ވެންޓިލޭޓަރުން ނަގައިފިނަމަ އޭނާއަކަށް ނޭވާއެއް ނުލެވޭނެ. ދެން އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އޭނާ އަމިއްލައަށް ނޭވާލެވޭނެ އިރަކަށް،" ކޮއްކޮ އަށް ހެޔޮ ދުއާ ކޮށްދެން އެދި އަރީފް ބުންޏެވެ.
ޒާހިލަށް ވަރަށް ގިނަ ދިވެހިން ފައިސާގެ ގޮތުން އެހީވުމުން ބޭރުގެ އެކި ހޮސްޕިޓަލްތަކުން ފަރުވާކޮށްގެން ވެސް ވަނީ ރަނގަޅު ނުވެފަ އެވެ.
ޒާހިލް މަރުވެއްޖެ
އުއްމީދު ކަނޑާލުމުން ޒާހިލްގެ މުޅި އާއިލާ އިންޑިއާއަށް
ކާންދޭ ހޮޅި ނެއްޓިގެން ޒާހިލް އިންޑިއާ އަށް
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި