30 ޖޫން 2016
ބަޣުދާދު (ޖޫން 30) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކޮންޓްރޯލް ގެެއްލިފައިވާ ފައްލޫޖާ ސިޓީން ނުކުތުމަށް ދަތުރު ކުރަމުން ދިޔަ އެ ޖަމާއަތުގެ 260 ވެހިކަލަށް ވައިގެ ހަމަލާދީ ގޮއްވާލައިފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.
ބަޣުދާދު (ޖޫން 30) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކޮންޓްރޯލް ގެެއްލިފައިވާ ފައްލޫޖާ ސިޓީން ނުކުތުމަށް ދަތުރު ކުރަމުން ދިޔަ އެ ޖަމާއަތުގެ 260 ވެހިކަލަށް ވައިގެ ހަމަލާދީ ގޮއްވާލައިފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.
އިރާގުގެ ޑިފެންސް މިނިސްޓްރީން ބުނީ ފައްލޫޖާ އިން އައިއެސްގެ ހަނގުރާމަވެރިން ފިލަން މަސައްކަތް ކުރަނީ ސަރުކާރު ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށް ކަމަށެވެ. ފައްލޫޖާ އިން ނުކުމެގެން އައިއެސްގެ ވެހިކަލްތައް ދަތުރު ކުރަމުން ދިޔައީ ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި އައިއެސްގެ ބާރުގެ ދަށުގައިވާ ޓައުނަކަށެވެ.
ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފައްލޫޖާގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް އިރާގު ސިފައިން ވަނީ އާދިއްތަ ދުވަހު ބުނެފަ އެވެ.
އިރާގު ސިފައިން ބުނީ އައިއެސްގެ ލަޝްކަރަށް ވައިގެ ހަމަލާތައް ދޭން ފެށީ ލިބުނު ޖާސާސީ މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ވެހިކަލްތަައް ހަލާކުކޮށްލުމުގެ އިތުރުން ގިނަ އަދަދެއްގެ އައިއެސް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް އިރާގު ސަރުކާރުން ބުނެ އެވެ.
ބަޣުދާދީ އަށް އަމާޒުކޮށް ދިން ހަމަލާގައި 13 މީހުން މަރު
ފްރާންސުން އައިއެސް އަށް ވައިގެ ހަމަލާދޭން ފަށައިފި
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު
އިރާގުގައި އައިއެސް އަނެއްކާ ވެސް ވަރުގަދަ ވަނީ
ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން
އައިއެސްއާ ގުޅުނު ބިދޭސީންނަށް މަރުގެ އަދަބު ދެނީ
އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި
އައިއެސް އިން ފަސް އަހަރުގެ ކުއްޖަކަށް ފެންނުދީ މަރާލި
ސީރިއާ ބޯޑަރުގައި އިރާގުން ފެންސެއް ޖަހަނީ