ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން ގޮތުގެ ތަފްސީލު ހާމަކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރާއި ހައުސިން މިނިސްޓްރީގައި މާލޭ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
19 ސެޕްޓެމްބަރ 2017
ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން ގޮތުގެ ތަފްސީލު ހާމަކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރާއި ހައުސިން މިނިސްޓްރީގައި މާލޭ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލީ 15،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބުނު 661 މީހުންގެ ލިސްޓު އާއްމުކޮށްފައި ވަނީ ހަމައެކަނި ފޯމު ނަމްބަރު ހިމަނައިގެންނެވެ. އެ މީހުންނަށް ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ވެސް މިނިސްޓްރީން އާއްމެއް ނުކުރި އެވެ. މި މައްސަލާގައި އެތައް ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ސޮއިކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފްލެޓަށް އެންމެ ހައްގުވެރިކަން ބޮޑު މީހުން ތިއްބައި އެއަށް ވުރެން މަދުން މާކްސް ލިބުނު މީހުންނަށް ފްލެޓް ދީފައިވާތީ އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. ކައުންސިލް މެމްބަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކަށްވާތީ، ފްލެޓް ދޫކުރި ގޮތް އެ ކައުންސިލްއަށް އެންގުން މުހިންމު ކަމަށް ޝިފާ ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަށް ފޮނުއްވި ސިޓީގައި ޝިފާ އެދިވަޑައިގަތީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ވީހާވެސް ފުޅާދާއިރާއެއްގައި އެމައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދޭން ހައުސިން މިނިސްޓްރީއަށް ބާރު އެޅުމަށެވެ.
ފްލެޓު ދިނީ އިންސާފުން ނޫން ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ހައުސިން މިނިސްޓަރު ވިދާޅުވެފައި ވަނީ ހައްގު ނޫން އެއްވެސް މީހަކަށް ފްލެޓް ދީފައި ނޯންނާނެ ކަމަށެވެ. އެ މިނިސްޓްރީން ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާނީ ބަޔަކަށް އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ފްލެޓު ދިން ގޮތުގެ ތަފްސީލް ހޯދުމަށް މާލޭ ސިޓީ ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރުން ހައުސިން މިނިސްޓަރާއި ބައްދަލު ކުރަން އެދުމުން ވެސް އިދިކޮޅު އެއްވެސް މެމްބަރަކާއި މިނިސްޓަރު ބައްދަލު ކުރައްވާފައި ނުވެ އެވެ. އެހެން ނަމަވެސް ސަރުކާރު ތަމްސީލް ކުރާ މެމްބަރުންނާއި ބައްދަލު ކުރެއްވި އެވެ.
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ގޮތްދޫކޮށްފި
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ!
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
އީދު ބަންދުގައި ވެސް "ހިޔާ" ފޯމު ބަލައިގަންނާނެ
ފްލެޓްގެ ނުދައްކާ ހުރި ކުލި، މަސްތަކަކަށް ބަހާލަދެނީ
"ފްލެޓްތަކުގެ މީހުންނަށް ކައުންސިލުން އިހުމާލުވެއްޖެ"
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
އެނދީ މި ސަރުކާރުގެ ފްލެޓް ފޯމުތަކެއް ނޫން: މުއިއްޒު