Roadha Mihaaru
މާލެ އާއި ދެ އަތޮޅެއްގައި ބަހުގެ ހިދުމަތް ދެނީ

މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ދޭން އެމްޕީއެލްއާ ހަވާލުކޮށްފި

18 ސެޕްޓެމްބަރ 2017

މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ދޭން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ދޭން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ މިއަދު ހަވާލުކޮށްފި އެވެ.

ވިޔަފާރި ބަނދަރުތައް ބަލަހައްޓާ ކުންފުންޏާއެކު ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަހުގެ ކިދުމަތް ފަށާއިރު، ކުޅުދުއްފުށީގައި ވެސް އެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ވަރަށް އަވަހަށް ބަހުގެ ޚިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅަށް ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅަށް ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެމްޕީއެލްއަކީ މިހާރު ވެސް ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ކާމިޔާބުކަމާއެކު ދެމުން އަންނަ ކުންފުންޏެއް. އެގޮތުން އައްޑޫ ސިޓީގަ އާއި ފުވައްމުލަކުގައި ފެރީގެ ނިޒާމާއި ބަހުގެ ޚިދުމަތް މިހާރު ދެމުން އެބަގެންދަން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގެ މަގުތައް މިހާރު ރަނގަޅު ފެންވަރަކަށް ހަދަމުން އަންނަ ކަމަށާއި އެ މަގުތައް ހެދެމުން އަންނަ ވަރަކަށް ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ މަގުތައް ހަދަމުން އަންނަ ކަން ހަލީމް ފާހަގަކުރެއްވި އެވެ.

"މިކަމަކީ އެމްޕީއެލް މި ޚިދުމަތް ރައްޔިތުންނަށް ދެމުން ގެންދާނީ ވަރަށް ފަޚުރުވެރިކަމާއެކު، ޔަގީން ކަމާއެކު،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ފުވައްމުލަކުގެ ހަނި މަގުތަކަށް ވަދެވޭވަރުގެ ކުދި ބަސްތަކެއް އެ ސިޓީ އަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.