Roadha Mihaaru
ޑައިވިންކޯސް ޑައިރެކްޓަރަކަށްވެ، ޒޫނާއަށް ބޮޑު ޝަރަފެއް

ޑައިވިން ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެންނަކަށް ޒޫނާ

15 ސެޕްޓެމްބަރ 2017

ޕުރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓެކްޓާ (ޕަޑީ) ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރަކަށް ވުމުގެ ޝަރަފު ޒޫނާ ނަސީމް ހޯދައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕުރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓެކްޓާ (ޕަޑީ) ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރަކަށް ވުމުގެ ޝަރަފު ޒޫނާ ނަސީމް ހޯދައިފި އެވެ.

ޑައިވިން ކޯސް ޑައިރެކްޓަރަކަށް ކުޅަދާނަ ޑައިވަރު ޒޫނާ ވުމާއެކު، ޑައިވިން އިންސްޓްރަކްޓަރުން އޭނާ އަށް ތަމްރީނު ކުރެވޭނެ އެވެ.

ރާއްޖޭގައި މިހާތަނަށް ޑައިވިން ކޯސް ޑައިރެކްޓަރެއްގެ ގޮތުގައި ހުރި ހަމައެކަނި މީހަކީ ސެންޑީ ހުސެން ރަޝީދެވެ.

ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނިގޮތުގައި ޑައިވިން ކޯސް ޑައިރެކްޓަރަކަށް ޒޫނާ ވުމަކީ ދިވެހި އަންހެނުންނަށާއި ޑައިވް ކުރާ މީހުންނަށް ލިބުނު ފަހުރެކެވެ.

ޑައިވް ކުރާތާ 20 އަށް ވުރެ ގިނަ އަހަރުވެފައިވާ ޒޫނާ އަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރެވެ.

އޭނާ ފުރަތަމަ ފީނީ ނުވަދިހައިގެ އަހަރުތަކުގައި މާލޭގައި ހިންގަމުން ދިޔަ ސަން ޑައިވިން ސްކޫލްގެ ރިސެޕްޝަނިސްޓަކަށް އުޅެމުންނެވެ.

އުމުރުން ކިރިޔާ 18 އަހަރު ފުރުނު ތަނާ ޕަޑީގެ ޑައިވް މާސްޓާ ސެޓްފިކެޓް ހާސިލްކޮށް، ފީނައިގަތް ގޮތަށް ޒޫނާ ހަމަނޭވާ ލީ ރާއްޖޭގެ މުހިއްމު ޑައިވް ސްޕޮޓްތައް ދަސްކޮށްފަ އެވެ.