12 ސެޕްޓެމްބަރ 2017
އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް އިއްޔެ ހުޅުވައިފި އެވެ.
އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް އިއްޔެ ހުޅުވައިފި އެވެ.
ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯޓް ޔާޑް ހުޅުވައިދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އިލެކްޓްރޯނިކް ކެރޭން ބޭނުންކޮށްގެން ބޮޑެތި ބޯޓުފަހަރު އެހެލަން ރާއްޖޭގެ އެންމެ ބޮޑު ބޯޓް ހޮއިސްޓް މިހާރު ހުންނާނީ އެ ތަނުގައި ކަމަށެވެ.
"މި ބޯޓް ހޮއިސްޓް އައުމުން ވަރަށް ފަސޭހަވާނެ [ވިޔަފާރި ފުޅާކުރުމަށް]. ވިޔަފާރިއެއް ފުޅާވެގެން އަސްލު ހަގީގަތުގައި މި ދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ ބޯޓް ހޮއިސްޓުން 200 ޓަނުގެ އުޅަނދުތައް އުފުލޭނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވާހަކަ ދައްކަވަނީ .-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ޒިޔަތު ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ހުރިހާ އުޅަނދުފަހަރެއް މަރާމާތުކޮށް ހަދާނީ އެ ބޯޓް ޔާޑުގަ އެވެ. އަދި ބޯޓް ޔާޑުގެ އާމްދަނީ މި އަހަރު ނިމުމުގެ ކުރިން 40 މިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅިވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ވެލްޑިން ކުރުމާއި އިންޖިނިއަރިން މަސައްކަތްތަކުގެ އިތުރުން ފައިބަރުގެ މަސައްކަތްތަކާއި އޮޑިދޯނިފަހަރު ބަނުމާއި ލަކުޑި މަސައްކަތްތައް ވެސް އެތަނުގައި ކުރެވޭނެ އެވެ.
އެމްޓީސީސީގެ ބޯޓް ޔާޑުގެ މުވައްޒަފުން މަސައްކަތުގައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
"އަޅުގަނޑުމެން ކުރިން ބޮޑު ހަރަދެއް ކޮށްގެން ބާޖް ކަހަލަ އުޅަނދުތައް ގަންނަނީ. މިހާރު އެކަން އިރާދަކުރެއްވިއްޔާ މި ނިމުނީ. ދެން އަޅުގަނޑުމެން ބޭނުންވާ ބާޖްތައް މިތަނުން ބަނދެވޭނެ. އެހެން ކުންފުނިތަކަށް ވެސް އެ ހިދުމަތް ދެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.
ބޯޓް ޔާޑް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ބޯޓް ޔާޑުން ބަނދެފައިވާ ދެ ވަނަ ބާޖް ވަނީ ބާލާފަ އެވެ.
އެމްޓީސީސީގެ ބޯޓުޔާޑުގެ ހިދުމަތްތައް އަލުން ފަށަނީ
އެމްޓީސީސީން ތިލަފުށީގައި އިމަޖެންސީ ޑްރިލްއެއް
އެމްޓީސީސީ ބޯޓްޔާޑުގެ ހިދުމަތްތައް ފުޅާވެފައި
އުޅަނދުތައް އެހެލުމުގައި އެމްޓީސީސީ އެންމެ ކުރީ ސަފަށް
ތިލަފުށީ ބިންހިއްކުމުގެ ބޮޑުބައެއް ނިމިއްޖެ
ތިލަފުށީ ބިން ހިއްކަން ހަފުތާއެއްގެ ތެރޭގައި ފަށަނީ
ތިލަފުށީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ބޭނުން ކުރަން ފަށައިފި
އދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
އެވޯޑު ލިބުނު އެމްޓީސީސީގެ މުވައްޒަފުންނަށް ޝުކުރު