ސަރުކާރުން ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ލައިން "އީވީ"ގެ ފްލީޓްގައި ހިމެނޭ އިލެކްޓްރިކް ކާރުތައް އާއްމު ފަރާތްތަކުން ގަންނަން ބޭނުންވާނަމަ އެމްޓީސީސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
18 ޖޫން 2025
ސަރުކާރުން ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ލައިން "އީވީ"ގެ ފްލީޓްގައި ހިމެނޭ އިލެކްޓްރިކް ކާރުތައް އާއްމު ފަރާތްތަކުން ގަންނަން ބޭނުންވާނަމަ އެމްޓީސީސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ރޭ ބާސެލޯ ނަސަންދުރާގައި އޮތް އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ސައުދީ ވިދާޅުވީ އެ ޓެކްސީ ލައިނުގެ ވެހިކަލްތައް ސަޕްލައިކުރަން ކުންފުންޏެއް ކަނޑައެޅީ އެމްޓީސީސީއަށް ޑިސްޓްރިބިއުޓާޝިޕް ލިބޭ ގޮތަށް ކަމަށެވެ.
"އީވީ ކާރު ރާއްޖޭގައި އާއްމުވެ, މި އުޅަނދު އަމިއްލަ ގޮތަށް ގަންނަން ބޭނުންވިޔަސް އެމްޓީސީސީ ޓްރޭޑިން ތެރެއިން ލިބޭނެ ގޮތަށް މި މަގު ފަހިކުރަނީ. އެކަމުގެ ކަންތައްތައް އެބަ ކުރިއަށްދޭ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީވީ ޓެކްސީ ލައިނަކީ ސަރުކާރުން ގާތްގަނޑަކަށް 80 މިލިއަން ހޭދަކޮށް، ސަރުކާރުން 100 ޕަސެންޓު ފަންޑުކުރާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާއި ހަވާލުވީ ވެސް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު، އެ މަސައްކަތުން ދިގު މުއްދަތަށް ކުންފުންޏަށް ފައިދާ ލިބޭނެތީ ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު އެ ހިދުމަތް ފަށާނެ ކަމަށް ކުރިން އިއުލާނުކުރި ނަމަވެސް، މިހާރު އެ ހިދުމަތް ފެށޭނީ އަންނަ އޮގަސްޓު މަހު ކަމަށް ސައުދީ ވިދާޅުވި އެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ 100 އުޅަނދާ އެކު އެވެ. އެ ޓެކްސީ ހިދުމަތަށް ފުލްޓައިމްކޮށާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި އެ ހިދުމަތް މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފް ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ހދ. ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެވެ.
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
ޓެކްސީ ލައިންގައި ހަނި ގޯޅިއަށް ވަދެވޭ ޓެކްސީ ހުންނާނެ
ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހު ފަށަނީ
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
އުތުރުގެ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރަނީ
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން ވާނީ ފައިދާ: އަމީން
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ