Roadha Mihaaru
ތިލަފުށީ ބިންހިއްކުމުގެ ބޮޑުބައެއް ނިމިއްޖެ

ތިލަފުށީ ބިންހިއްކުމުގެ ބޮޑު ބައެއް ނިމިއްޖެ

29 މެއި 2018

ކ. ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މިއަދު ބުނެފި އެވެ.

ކުނި އެންދުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތިލަފުށިން ހިއްކަން ނިންމާފައިވަނީ 15 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް އެމްޓީސީސީން ފެށިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި ތިލަފުށީ ބިން ހިއްކައި ނިންމާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ. ނަމަވެސް މި ހަފުތާ އިން ފެށިގެން މަސައްކަތް ރަނގަޅަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ވެއްޖެ. ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަދޭ. އެކަމަކު މިދިޔަ ހަފުތާގައި މޫސުން ގޯސްވުމުން އެކަމަށް ދަތިތަކެއް ދިމާވި،" އޮފިޝަލް ވިދާޅުވި އެވެ.

ކުނި އެންދުން ހުއްޓުވުމުގެ އަމާޒަށް ވާސިލްވުމަށް ބޮޑު މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އެގޮތުން ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެ ބޮޑު މަސައްކަތަށް ސަރުކާރުން 105 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ތިލަފުށީގެ ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރާއި އޭޑީބީގެ އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ވަނީ ފަށައިފަ އެވެ.