Roadha Mihaaru
މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކުރުމުގެ ފުރުސަތު!

މެރިން އެކްސްޕޯއަށް ދާ ފަރާތްތަކަށް މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކޮށްލުމުގެ ފުރުސަތު!

11 ސެޕްޓެމްބަރ 2017

މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު "ވާޗުއަލް ރިއަލިޓީ ޒޯނެއް" މެދުވެރިކޮށް މެރިން އެކްސްޕޯ އިން ދީފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު "ވާޗުއަލް ރިއަލިޓީ ޒޯނެއް" މެދުވެރިކޮށް މެރިން އެކްސްޕޯ އިން ދީފި އެވެ.

މެރިން އެކްސްޕޯ އިންތިޒާމްކުރާ ބްލަކްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި މިއީ ރާއްޖޭގައި އެކަން ކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ޒޯން އަކީ ބްލަކްގެ އަމިއްލަ އުފެއްދުމެއް ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ.

"މިކަން މި ކުރަނީ ކޮޓަރި އެއްކޮށް އަނދިރި ކޮށްފައި ޕްރޮޖެކްޓަރުތަކެއް އަޅުވައިގެން. އެއްވެސް ކަހަލަ ވާޗުއަލް ރިއަލިޓީ ގެޖެޓެއް އެއްޗެއް ބޭނުމެއް ނުވާނެ. ހަމަ ކޮޓަރިއަށް ވަނުމުން ތަޖުރިބާކުރެވޭނެ،" ޖިނާ ވިދާޅުވި އެވެ.

ޖިނާ ވިދާޅުވީ ވާޗުއަލް ރިއަލިޓީ ޒޯން އިންނާނީ ދަރުބާރުގޭ އަށް ނަންބަރު ކޮޓަރީގައި ކަމަށެވެ. އަދި އެކްސްޕޯ އަށް ދާ ކޮންމެ މީހަކަށް ވެސް ހިލޭ އެތަނަށް ވަދެވޭނެ ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ.

ވާޗުއަލް ރިއަލިޓީ ޗޯންގެ އިތުރުން "މެރިން ވޯކް"ގެ ނަމުގައި ވަރަށް ހާއްސަ "ފެޝަން ޝޯއެއް" ވެސް މިރޭ ކުރިއަށް ދާނެ އެވެ. މިއީ މެރިން އިންޑަސްޓްރީގައި ތަފާތު މަސައްކަތްތައް ކުރާއިރު އަޅާ ހެދުންތައް ދައްކާލަން ބާއްވާ މުޅިން ތަފާތު ފެޝަން ޝޯއެކެވެ.