Roadha Mihaaru
ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލައިފި

ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

31 ޑިސެމްބަރ 2024

ތިން މިނިސްޓްރީއެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަމުންދާތީ، ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން މެދުކަނޑާލައިފި އެވެ.

ތިން މިނިސްޓްރީއެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަމުންދާތީ، ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން މެދުކަނޑާލައިފި އެވެ.

ޓިނު ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީތަކުގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން، ދަރުބާރުގޭ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ދަރުބާރުގޭގައި މިނިސްޓްރީތަކުގެ ހިދުމަތް ދޭން ފެށި ފަހުން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް، ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގަން ދާއިމީ އިމާރާތެއް ލިބެންދެން އިތުރު ތަނެއް ކުއްޔަށް ނުހިފަން ނިންމަވައިފަ އެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ އިމާރާތެއްގައި މިނިސްޓްރީތަކުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.