29 ޖޫން 2016
ގައުމީ ފުޓްބޯޅަ ޓީމާ އެކު ކާމިޔާބު ނުހޯދުނީ އެފްއޭއެމުގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ބުނެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމާ އެކު ކާމިޔާބު ނުހޯދުނީ އެފްއޭއެމުގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ބުނެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުވި ހާބަޓްގެ މަގާމުން ވަކިކުރީ މި މަހު ދެ ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަން އަތުން މާލޭގައި ކުޅުނު މެޗުން ބަލިވުމުންނެވެ.
"ދެ މުބާރާތަކާއި ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ޖެހޭތީ އެފްއޭއެމުން އަހަރެން ގާތު ބުނި ގިނަ މެޗުތަކަކާއި ޓްރެއިނިން ކޭމްޕްތަކެއް ލިބޭނެ ކަމަށް. އެކަމަކު އެކަންތައް ވީ އެހެނެއް ނޫން. ކުޅުންތެރިން ދެނެގަންނަން ބޭނުންވާ ވަރަށް ފަރިތަކުރަން އަހަންނަށް ފުރުސަތެއް ނުލިބުނު،" ހާބަޓް އޭނާގެ އެކަޑަމީގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ ބުނީ މަގާމުން ވަކިވާން އޭނާ އެދުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ބަދަލެއް ގެނެވޭނެ ގާބިލުކަމެއް އެފްއޭއެމްގައި އޮތް ކަމަށް އޭނާ އަށް ނުފެންނާތީ ކަމަށެވެ.
"މެއި 31 ގެ ކުރިން އިންތިހާބެއް ނުބޭއްވިިއްޖެނަމަ ފީފާއިން އޮތީ ރާއްޖެ ސަސްޕެންޑް ކުރަން ނިންމާފައި. އަހަރެން ކޯޗުކަމަށް ގެނައި ޗެއާމަން (މުހައްމަދު ޝަވީދު) މިހާރަކު ނެތް. އަލަށް ހަވާލުވި ޗެއާމަން (އަހުމަދު ތޯރިގު)ގެ ވިސްނުން ހުރީ ސިޔާސީ ވެފައި. ކޮންގްރެސް ދުވަސްވަރު ވެސް ފެނުނީ އެ ގޮތަށް. އަހަރެން އަބަދު ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ވާގޮތް ބަލާނަން،" ނިއު ޒީލެންޑަށް 2010 ވަނަ އަހަރުގެ ވޯލްްޑް ކަޕްގައި ކޯޗުކޮށްދިން ހާބަޓް ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ 14 މެޗެއް ކުޅެފަ އެވެ. އެއީ ސާފް ސުޒުކީ ކަޕާއި ބަންގުބަންދު ގޯލްޑް ކަޕާއި ސާފް ގޭމްސް އަދި ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ މޮޅުވީ ހަ މެޗުންނެވެ. މާލޭގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ހަނިގޮތަކަށް ބޫޓާން އަތުން އެކަންޏެވެ. ޔަމަން އާއި ހޮން ކޮން އަތުން ބަލިވީ އެވެ.
ހާބަޓްގެ އިރުޝާދުގެ ދަށުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ގައުމީ ޓީމުން ފުރުސަތު ދިންއިރު، ކުޅުނު ސަރަހައްދީ ތިން މުބާރާތުން ވެސް ކެޓީ ސެމީ ފައިނަލުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަލިވީ އިންޑިއާ އަތުންނެވެ. ބަންގުބަންދު ގޯލްޑް ކަޕާއި ސާފް ގޭމްސްގައި ބަލިވީ ނޭޕާލް އަތުންނެވެ. އަދި ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ބަންގްލަދޭޝް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ.
ހާބަޓްގެ ކޯޗުކަމުގައި ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާ އޭނާއާ މައްސަލަ ޖެހުނެވެ. އޭރުގެ އެސިސްޓަންޓް ކޯޗު އަދި މިހާރު އެފްއޭއެމްގެ އެކްސްކޯ މެންބަރު އައްސަދު އަބްދުލް ގަނީ އާއި ގޯލް ކީޕަރު ޓްރެއިނަރު އަސްލަމު އަބްދުއްރަހީމް ވަނީ ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ.
ސާފް ގޭމްސްގެ ސެމީ ފައިނަލުން ރާއްޖެ ބަލިވުމުން ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ހާބަޓް ފާޑުކިޔައިފަ އެވެ. އޭގެ ފަހުން ބަކާ އަށް އޭނާ ފުރުސަތެއް ނުދެ އެވެ.
މި ވަގުތު އަމިއްލަ އެކެޑަމީގެ މަސައްކަތްތަކަށް ވަގުތު ހުސްކޮށްގެން ހުރި ނަމަވެސް ހާބަޓް ބުނީ ވަރަށް އަވަހަށް ޓީމަކާ ހަވާލުވާނެ ކަމަށެވެ. އޭނާ ބުނީ ފެނުން އެންމެ ގާތީ މެލޭޝިއާ ނޫނީ ސިންގަޕޫރުގެ ކްލަބަކުން ކަމަށެވެ.
އާ ކޯޗުގެ ވިސްނުން: ބަލިކުރަން އުނދަގޫ ޓީމެއް ނެރުން
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް