08 ސެޕްޓެމްބަރ 2017
ރަކީން ސްޓޭޓް (ސެޕްޓެމްބަރު 8) - މިއަންމާގެ ރަކީން ސްޓޭޓުގައި އެ ގައުމުގެ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ސަބަބުން ބަންގްލަދޭޝް އަށް ދިޔަ މުސްލިމުން ރެފިއުޖީންގެ އަދަދު ވަނީ 164،000 އަށް އަރައިފަ އެވެ. މުސްލިމުން ރެފިއުޖީން ބުނަނީ މިއަންމާ ސިފައިންނާއި ރަކީންގެ ބުޑިސްޓުން ދަނީ މުސްލިމުންގެ އަވަށްތަކުގައި ހުޅު ޖަހަމުން ކަމަށެވެ. އެކަމަކު ސަރުކާރުން އެކަން ދޮގު ކުރެ އެވެ. މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންގެ އަވަށްތަކުގައި އަލިފާން ޖަހަނީ ރޮހިންޖާ މުސްލިމުން އަމިއްލަ އަށް ކަމަށެވެ.
ރަކީން ސްޓޭޓް (ސެޕްޓެމްބަރު 8) - މިއަންމާގެ ރަކީން ސްޓޭޓުގައި އެ ގައުމުގެ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ސަބަބުން ބަންގްލަދޭޝް އަށް ދިޔަ މުސްލިމުން ރެފިއުޖީންގެ އަދަދު ވަނީ 164،000 އަށް އަރައިފަ އެވެ. މުސްލިމުން ރެފިއުޖީން ބުނަނީ މިއަންމާ ސިފައިންނާއި ރަކީންގެ ބުޑިސްޓުން ދަނީ މުސްލިމުންގެ އަވަށްތަކުގައި ހުޅު ޖަހަމުން ކަމަށެވެ. އެކަމަކު ސަރުކާރުން އެކަން ދޮގު ކުރެ އެވެ. މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންގެ އަވަށްތަކުގައި އަލިފާން ޖަހަނީ ރޮހިންޖާ މުސްލިމުން އަމިއްލަ އަށް ކަމަށެވެ.
އެކަމަކު ބީބީސީގެ ސައުތު އޭޝިއާ ކަރެސްޕޮންޑެންޓް ޖޮނަތަން ހެޑް ވަނީ ރަކީންގެ ހާލަތު އަމިއްލަ އަށް ވަޒަންކޮށްފަ އެވެ. މުސްލިމުންގެ އަވަށެއްގައި ބުޑިސްޓުންގެ ބަޔަކު އަލިފާން ޖެހި މަންޒަރު އޭނާ އަށް ވަނީ ފެނިފަ އެވެ. ތިރީގައި އެ ވަނީ ރަކީން ސްޓޭޓުން ބީބީސީގެ ރިޕޯޓަރަށް ފެނުނު މަންޒަރުތަކުގެ ވާހަކަތަކެވެ.
"އަޅުގަނޑަކީ ރަކީން ސްޓޭޓުގެ މައުންގްޑޯގެ ހާލަތު ބަލާލަން މިއަންމާ ސަރުކާރުން ދައުވަތު ދިން ނޫސްވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަޅުގަނޑުމެންނަށް ކުރިމަތިކޮށްފައިވާ ޝަރުތަކީ ގްރޫޕުން ބޭރުވެގެން ގޮސް އަމިއްލަ އަށް ކަންކަން ނުބެލުމެވެ. އަދި އަޅުގަނޑުމެން ގެންދިޔައީ ސަރުކާރުން ބޭނުންވި ތަންތަނަށެވެ. ނޫސްވެރިން ބޭނުންވި ތަންތަން، އެއީ ކިތަންމެ ކައިރީގައިވާ ތަނެއް ނަމަވެސް، ދިއުމުގެ ހުއްދައެއް ނެތެވެ. ސަރުކާރުން ބުނެފައި ވަނީ އެ ތަންތަނަށް ދިއުން ރައްކާތެރި ނޫން ކަމަށެވެ.
މައުންގްޑޯގެ ދެކުނުން އަލް ލެ ތަން ކީއާވް ޓައުނަށް ވަދެގެން ދިޔަ އިރު އެ ޓައުނުން ދުން އަރަމުން ދިޔަ އެވެ. ލަފާކުރެވޭ ގޮތުގައި އެ ޓައުނުގެ ގެތަކުގައި އެ ވަނީ ވަރަށް ފަހުން އަލިފާން ޖަހައިފަ އެވެ. ފުލުހުން ބުނީ އެއީ މުސްލިމުން އުޅުނު ތަންތަން ކަމަށެވެ. އަދި އެ ތަންތަނުގައި އަލިފާން ޖެހީ މުސްލިމުން އަމިއްލަ އަށް ކަމަށް ވެސް ބުންޏެވެ. އަޅުގަނޑުމެން ދަތުރުކޮށްފައި ދިޔަ މަގުމަތީގައި ހަނޑޫ ދަނޑުތަކުގައި ހުރި ގަސްތަކުގެ ތެރޭން ބޯ ދުން އަރަމުން ދިޔަ މަންޒަރު ފެނުނެވެ. އެ ހިސާބަށް ދެވުމާ އެކު އަވަށުގެ އިމާރާތްތަކުގައި ހަމަ ދެންމެ ހުޅުޖަހާފައިވާކަން އެނގުނެވެ. އަވަށްތަކުގެ ގެތައް ބައިގަޑިއެއްހާ އިރު ތެރޭ އަނދާ އަޅިއަށްވި އެވެ.
އަޅުގަނޑުމެން ހިނގަމުން ދިޔައިރު ކަތިވަޅި އާއި ކަނޑި އާއި ސާޅަނގަ ފަދަ އެއްޗެހި ހިފައިގެން ތިބި ހަށިގަނޑުން ވަރުގަދަ ޒުވާން ގްރޫޕަކާ ދިމާވި އެވެ. އެ މީހުންނާ ވާހަކަ ދައްކަން އުޅުމުން ވީޑިއޯ ކުރުން މަނާކުރި އެވެ. އެކަމަކު އަޅުގަނޑުމެންނާ އެކު ތިބި މިއަންމާ މީހުން ކެމެރާއާ ދުރުގައި އެ މީހުންނާ ވާހަކަ ދެއްކި އެވެ. އެ މީހުން ބުނެފައި ވަނީ އެއީ ރަކީންގެ ބުޑިސްޓުން ކަމަށެވެ. އޭގެ ތެރޭން އެކަކު ވަނީ އަލިފާން ޖެހި ކަމަށް އެއްބަސްވެފަ އެވެ. އަދި ފުލުހުންގެ ފަރާތުން އެ މީހުންނަށް އެހީތެރިކަން ލިބޭ ކަމަށް ބުންޏެވެ.
އަޅުގަނޑުމެން ހިނގާފައި ދިޔަ އިރު މަދަރުސާ (މުސްލިމް ސްކޫލެއް) ފެނުނެވެ. އެ ތަނުގެ ފުރާޅުގައި ވަނީ ހަމަ ދެންމެ އަލިފާން ރޯކޮށްލައިފަ އެވެ. ހުޅުގަނޑު ފަޅައިގެން ގޮސް ޖެހިގެން ހުރި އިމާރާތުގައި ވެސް އަލިފާން ހިފައިފި އެވެ. އެ އަވަށުގައި އެހެން ބަޔަކު ނެތެވެ. އެހެންވެ އަޅުގަނޑުމެންނަށް ފެނުނު މީހުން އެއީ އަވަށުގައި އަލިފާން ޖެހި މީހުންނެވެ. ގެތަކުގައި ގެންގުޅޭ ސާމާނު ހުރީ މަގުމައްޗަށް އުކާލައިފަ އެވެ. ކުޑަ ކުދިން ކުޅޭ ސާމާނާއި އަންހެނުންގެ ހެދުން ފަދަ ތަކެއްޗެވެ. ޕެޓްރޯލް ވަސް ދުވާ ޖަގެއް އަޅުގަނޑުމެންނަށް ފެނުނެވެ. އަދި މަދު ޕެޓްރޯލް ފޮދެއް ހުރި އެހެން ޖަގެއް ވެސް ފެނުނެވެ. އަޅުގަނޑުމެން އެ ތަނުން ނުކުތް އިރު އަލިފާން ޖެހި ތަންތަން ބިމާހަމަވެ ދުން އަރަމުން ދިޔަ އެވެ."
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ
މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ސިފައިން ބުނެފި
ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން އެހީ ފޮނުވައިފި
މިއަންމާ ސިފައިންގެ އަނިވެރިކަން މުސްލިމުން ސިފަކޮށްދީފި
ރޮހިންޖާ މައްސަލަ ހައްލު ކުރަން ވަގުތު ދޭން މިއަންމާ އިން އެދިއްޖެ
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ