03 ފެބުރުއަރީ 2017
ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ އަނިޔާ އާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ވާހަަކަ ބައެއް މުސްލިމުން ކިޔައިދީފި އެވެ.
ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ އަނިޔާ އާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ވާހަަކަ ބައެއް މުސްލިމުން ކިޔައިދީފި އެވެ.
އދ. އިން ތައްޔާރުކުރި ރިޕޯޓަކަށް ވަނީ، ރަކީން ސްޓޭޓުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް ގޮސް ތިބި 200 ވަރަކަށް ރޮހިންޖާ މުސްލިމް ރެފިއުޖީން އިންޓަވިއު ދީފަ އެވެ. މަންމައަކު ވަނީ އޭނާ ރޭޕް ކުރަން ހުރަސް އެޅި ފަސް އަހަރުގެ އަންހެން ދަރިފުޅު މަރާލި އަނިޔާވެރި ގޮތް ކިޔައިދީފަ އެވެ. އެހެން މީހަކު ވަނީ ސިފައިންގެ ފަސް މީހަކު ވެގެން އޭނާ ރޭޕް ކުރަން ވެގެން އަށް މަހުގެ ދަރިފުޅު މަރާލި ގޮތުގެ ވާހަކަ ކިޔައިދީފަ އެވެ.
އދ. އިން އިންޓަވިއު ކުރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެ މީހުންގެ އާއިލާގެ މެންބަރަކު މިއަންމާ ސިފައިންގެ ހަމަލާގައި މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އިންޓަވިއު ކުރި 101 އަންހެނުންގެ ތެރޭން 52 މީހުން ވަނީ އެ މީހުން ރޭޕްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި މިއަންމާ ސިފައިން ނުކުމެ ރޮހިންޖާ މުސްލިމުންގެ ގެތަކާއި ސްކޫލްތަކާއި ފިހާރަތައް އަދި މިސްކިތްތަކުގައި އަލިފާން ޖެހި ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.
މިއަންމާގެ މުސްލިމުންގެ ބަޔަކު އެތުރުމަށް ފަހު އެ ގައުމުގެ ސިފައިން މުސްލިމުންނަށް އަނިޔާކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ކެޕްޗާއެއް.
"ރޮހިންޖާ މުސްލިމުންގެ އެތައް ބަޔަކު ގޭގައި ތިއްބާ އެ ގޭތަކުގައި އަލިފާން ޖަހާފައިވާ ކަމުގެ ހެކި ވަނީ ލިބިފައި،" އދ.ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ދޭ އަނިޔާތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމަ އަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
މިއަންމާގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވީ ނަމަވެސް އެ މައްސަލަ ބަލަން އަން ސަން ސޫކީގެ ސަރުކާރުން އުފެއްދި ކޮމިޝަނުން ބުނެފައި ވަނީ އަނިޔާ ނުކުރާ ކަމަށެވެ. ނަމަވެސް ސްޓޭޓް ކައުންސިލާ ސޫކީގެ ތަރުޖަމާނަކު ފަހުން ވިދާޅުވެފައި ވަނީ މުސްލިމުންނަށް ދޭ އަނިޔާތައް ކުރިން ހީކުރިވަރަށް ވުރެ ސީރިއަސް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ. މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު، ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
އދ. ގެ މަންދޫބު އައުން މިޔަންމާ އިން މަނާކޮށްފި
ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން ހުއްޓުވައިފި
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
ރޮހިންޖާ މީހުންނާ ބެހޭ ވޯޓެއް ނުނަގާ: ސަރުކާރު
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި
މިއަންމާގެ ވެރިންނަށް ދައުވާ ކުރަން ގޮވާލައިފި
ރަކީން އަށް ދިޔަ ރިޕޯޓަރު: މުސްލިމުންގެ އަވަށްތައް ދަނީ އަންދަމުން
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ