Roadha Mihaaru
ކަނޑުގަދަވެ، މޫސުމަށް ސަމާލުވާން އަންގައިފި

ކަނޑުގަދަވެ، ދަތުރުވެރިން މޫސުމަށް ސަމާލުވާން އަންގައިފި

06 ސެޕްޓެމްބަރ 2017

ރާއްޖެ އަށް މިދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރު ކުރާ މީހުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ އަށް މިދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރު ކުރާ މީހުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމުގެ އިތުރުން، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަމްޕު ފަދަ ނިޒާމުތައް ރަނގަޅަށް ހުރިތޯ ބެލުން މުހިއްމު ކަމަށެވެ. އަދި އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ބަރު ނުކުރުމަށް އިލްތިމާސްކޮށްފައި ވެ އެވެ.

އޭގެ އިތުރުން ޑައިވް ކުރުމާއި މޫދު ކުޅިވަރުތައް ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އެދެ އެވެ.

"އަދި ފަޅުތެރެ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވަމެވެ." އެމްއެންޑީއެފުގެ ބަޔާނުގައި ބުންޏެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި މިއަދު ވެސް ވަނީ ތ. ގުރައިދު އިން ފުރި ދޯންޏެއް ފަރަށް އަރައި ގެއްލުންތަކެއް ވެފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ.