12 އޯގަސްޓް 2021
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯސްވަމުން ދާތީ، ކަނޑުދަތުރުފަތުރު ކުރާއިރު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިއަދު އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯސްވަމުން ދާތީ، ކަނޑުދަތުރުފަތުރު ކުރާއިރު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިއަދު އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ރޭ 8:00 އާ ހަމައަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ވެސް ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. ކަނޑު ގަދަވާއިރު ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށް ބެލެވެ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އެދިފަ އެވެ. އެގޮތުން، ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ބަލައި ކުދި އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑާއި ވިއްސާރައިރު ދަތުރު ނުކުރަން އިލްތިމާސް އެދިފައި ވެ އެވެ.
ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު، 191 އަށް ގުޅައި ރިޕޯޓުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެ އެވެ.
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ
ކަނޑުގަދަވެ، މޫސުމަށް ސަމާލުވާން އަންގައިފި
ވިއްސާރާގައި ބައެއް ރަށްތަކުގެ ގެތަކަށް ބޮޑު ގެއްލުމެއް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް