29 ޖޫން 2016
މާލޭގައި ކުނި މެނޭޖްކުރަމުންދާ އުސޫލާއި ބައެއް ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މާލޭގައި ކުނި މެނޭޖްކުރަމުންދާ އުސޫލާއި ބައެއް ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މާލޭގެ ކުނި މެނޭޖްކުރަމުންދާ އުސޫލާއި ބައެއް ރަށްރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް މިހާތަނަށް ހައްލެއް ލިބިފައިނުވާތީ އަދި ކަރަންޓުގެ އަގު ބޮޑުވަމުން އަންނަ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި އެންވަޔަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ ވެރިން ކޮމިޓީ އަށް ހާޒިރުކުރަން ނިންމަވާފައިވާ ކަމަށެވެ.
ކަރަންޓްގެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް މިނިސްޓަރު ތޯރިގު އެ ކޮމިޓީ އަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެހެން ނަމަވެސް، މިނިސްޓަރު އެ ކޮމެޓީ އަށް ހާޒިރުވެ ވަޑައިނުގެންނެވުމުންް އަމަުރެއް ނެރެން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފަހުން މިނިސްޓަރު ވަޑައިގަންނަވަން އެއްބަސްވެވަޑައިގަތުމުން އެ އަމުރު ނުނެރޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުނި މެނޭޖްކުރުމަށް އަމަލުކުރަމުންދާ ގޮތާ ބެހޭ ގޮތުން މަސްއޫލިއްޔަތު ކޮމިޓީން ވަނީ ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެ ދުވަހުގެ ކޮމިޓީގައި މެމްބަރުން ވަނީ ކުނި މެނޭޖްކުރުމަށް އެ ކުންފުނިން ނަގަމުންދާ އަގުތައް ބޮޑުވެ އާއްމުންނަށް އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްފަ އެވެ.
ކުނީގެ ފީ ހިމަނާނީ ދެން ފޮނުވާ ކަރަންޓު ބިލުގައި
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފި
ގޭގެ އިން ކުނި އުކާލަން އާދިއްތަ ދުވަހު ފަށަނީ
ދޯނިތައް ދޫކޮށްލައި ކުނި އުކާލުން ސިނާއީ ވިލެޖަށް
ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ބިން ދީފި
ބޮޑެތި ކުނި ހެޔޮ އަގުގައި އުކާލުމުގެ ހިދުމަތް ފަށައިފި
ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ
ވެމްކޯގެ ކުރީގެ ބިލްތައް ސްޓެލްކޯ ބިލަކު ނުހިމަނާނެ
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ފަށައިފި