Roadha Mihaaru
ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ

ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ

29 މެއި 2023

ކަރަންޓު ބިލާއި ކުނި ބިލް އެއްކޮށްލުމަށް ފަހު، ކުނީގެ ބިލް ނުދައްކާ ތިން މަސް ވެއްޖެ ނަމަ ގޭގެ އިން ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓު ބިލާއި ކުނި ބިލް އެއްކޮށްލުމަށް ފަހު، ކުނީގެ ބިލް ނުދައްކާ ތިން މަސް ވެއްޖެ ނަމަ ގޭގެ އިން ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިހާރު ވަކިން ގޭގެ އަށް ފޮނުވާ ކުނީގެ ބިލްގެ ބަދަލުގައި އެ ފީ، ސްޓެލްކޯގެ ބިލްގެ ތެރޭގައި ހިމަނާށެވެ.

މާލެ ސަރަހައްދުގައި ކަރަންޓު މީޓަރު ބަހައްޓާފައިވާ ކޮންމެ ގޭބިސީއެއްގެ ކުނި ބިލް، ކަރަންޓު ބިލްގައި ހިމަނަން މަޖުބޫރުވާ ގޮތަށް އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ވަނީ ބިލް ނުދައްކައިފި ނަމަ ދެން އަޅާނެ ފިޔަވަޅުތައް ހިމަނައިފަ އެވެ.

ކުނި ނެގުމުގެ ހިދުމަތް ހޯދުމަށް ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށް ބިލް ލިބޭތާ ހަތް ދުވަހުގެ މުއްދަތުގައި ބިލް ދައްކަން ޖެހެ އެވެ. ނުދައްކައިފި ނަމަ ފުރަތަމަ ފޮނުވާނީ ގަވާއިދުގައިވާ ގޮތުން ނޯޓިސް އެވެ.

ވެމްކޯއިން ކުނި ނަގަނީ: އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ހިމަނާނީ ގެތަކުގައި ކަރަންޓް ބިލުގައި --- ފޮޓޯ: މިހާރު

ވެމްކޯއިން ކުނި ނަގަނީ: އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ހިމަނާނީ ގެތަކުގައި ކަރަންޓް ބިލުގައި --- ފޮޓޯ: މިހާރު

އެ ނޯޓިހަށް ފަހު ވެސް ބިލް ނުދައްކައިފި ނަމަ މަހަކު ފަސް ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ވެމްކޯ އަށް ލިބެ އެވެ. ބިލް ނުދައްކާތާ ތިން މަސް ވެއްޖެ ނަމަ އެ ގޭބިސީއަކުން ކުނި ނެގުން ހުއްޓާލުމުގެ އިހުތިޔާރު ވެމްކޯ އަށް ދީފައި ވެ އެވެ.

އަލުން ކުނި ނެގުމުގެ ހިދުމަތް ބޭނުން ނަމަ ކުރީގެ ބިލްތައް ދެއްކުމުގެ އިތުރުން 50ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އެ ގެއަކުން ކުނި ނެގުމުގެ މަަސައްކަތް ވެމްކޯ އިން ފަށާނީ ގަވާއިދުގައި ބުނާ ގޮތުން އެ 50ރ. ދެއްކުމުންނެވެ.

ވެމްކޯ އިން ބުނީ އަންނަ މަހުން ފެށިގެން ލިބޭ ބިލްގައި އެ ކުންފުންޏަށް ކުރިން ނުދައްކައި ހުރި ބިލްތަކާއި ޖޫރިމަނާ ފައިސާ ނުހިމެނޭނެ ކަމަށެވެ. ނުދައްކާ ބިލެއް އޮތް ނަމަވެސް އަލަށް ކަރަންޓު ބިލްގައި ހިމެނުމުން ހިދުމަތް ލިބެމުން ދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އަށް އެޑްވާންސް ފައިސާ ދައްކާފައިވާ ނަމަ އެ ފައިސާ ކަރަންޓް ބިލްގައި ހިމެނޭ ގޮތަށް ކުނީގެ ފީ ތެރެއިން އުނިކުރެވޭނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެއީ މަހަކަށް 150ރ. އެވެ. ވެމްކޯ އިން ބިލް ކަނޑައެޅި މިންގަނޑު ކަނޑައެޅިއިރު، ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާ ނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ