08 ސެޕްޓެމްބަރ 2017
މަޝްހޫރު ޅެންވެރިޔާ ސާހިރް ލޫދިއަންވީ އާއި ލިޔުންތެރިޔާ އަމްރިތާ ޕްރިތަމްގެ ލޯބީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމް "ގުސްތާކިޔާ" ގެ ލީޑް ރޯލުން ފެންނާނެ ކަމަށް ކުރިން ބެލެވިފައި އޮތީ އިރްފާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.
މަޝްހޫރު ޅެންވެރިޔާ ސާހިރް ލޫދިއަންވީ އާއި ލިޔުންތެރިޔާ އަމްރިތާ ޕްރިތަމްގެ ލޯބީގެ ވާހަކައިގެ މައްޗަށް ބިނާކޮށް ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމް "ގުސްތާކިޔާ" ގެ ލީޑް ރޯލުން ފެންނާނެ ކަމަށް ކުރިން ބެލެވިފައި އޮތީ އިރްފާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.
ނަމަވެސް ފިލްމުގެ ކާސްޓަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އިރްފާން މީގެ ކުރިން ވަނީ އެ ފިލްމް އޭނާ ނުކުޅޭކަން ކަށަވަރުކޮށް ދީފަ އެވެ. އެއާ އެކު ދެން އަޑު އިވުނީ "ގުސްތާކިޔާ" ގެ ބަތަލުގެ ރޯލަށް އަބިޝެކް ބައްޗަން ހަމަޖެއްސި ވާހަކަ އެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް މިހާރު ބުނާ ގޮތުން އެ ފިލްމް ޕްރިޔަންކާ މިހާރު ދޫކޮށްލުމުން، އައިޝްވާރިޔާ ރާއީ ވަނީ ބަތަލާއަކަށް ހަމަޖައްސައިފަ އެވެ. އެހެންވެ "ގުސްތާކިޔާ" ދެން ވެގެން ދާނީ ދެމަފިރިން ކަމަށްވާ އަބިޝެކާއި އައިޝްވާރިޔާ އެކުގައި ސްކްރީނުން ފެނިގެން ދާނެ ފިލްމަކަށެވެ.
މި ދެ ތަރިން މީގެ ކުރިން ވެސް އެކުގައި ބައެއް ފިލްމްތައް ކުޅެފަ އެވެ. އެގޮތުން އައިޝްވާރިޔާ އާއި އަބިޝެކް އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ ރާވަން (2010) އެވެ. އެ ދެ ތަރިން އެކުގައި ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ގްރޫ (2007) އެވެ.
އައިޝްވާރިޔާ އާއި އަބިޝެކް: އެކުގައި "ގުސްތާކިޔާ" އިން ފެންނާނެ.
ބަންސާލީގެ ފިލްމަކުން އައިޝްވާރިޔާ އެންމެ ފަހުން ފެނިފައި ވަނީ ރިތިކް ރޯޝަން އާ އެކު ގުޒާރިޝް (2010) އިންނެވެ. އައިޝްވާރިޔާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ބަންސާލީ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރި ފިލްމެކެވެ.
"ގުސްތާކިޔާ" އަކީ ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނިކުންނަ ޖަސްމީތު ރީން އެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅަށް ތާވަލްކޮށްފައިވާ އިރު، އަންނަ އަހަރު "ގުސްތާކިޔާ" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ޕްރިޔަންކާއާ އެކު ބަންސާލީ އެކްޝަން ފިލްމެއް ހަދަނީ
އަބީޝޭކްގެ އުފަންދުވަހަށް އައިޝްވާރިޔާގެ ލޯބި ޕޯސްޓެއް
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟
ޕެނަމާ ޕޭޕާސްއާ ގުޅިގެން އައިޝްވާރިއާ ސުވާލުކޮށްފި
ބަންސާލީ އަށް "ދޭވްދާސް" ގެ އުފާވެރި ހަނދާންތަކެއް
އައިޝްވާރިއާ އަށް "ދަ ލެޓާ"
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި