22 ޑިސެމްބަރ 2021
ނުހައްގުން މުއްސަނދިކަން ހޯދަން ޓެކުހަށް މަކަރު ހަދަން ހިންގާފައިވާ ސިއްރު މުއާމަލާތްތަކުގެ މައުލޫމާތާ އެކު ޕެނަމާ ޕޭޕާސް އިން ދާދި ފަހުން އަލުން އާންމުކުރި ލިޔެކިޔުންތަކަކާ ގުޅިގެން ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީއާ ސުވާލުކޮށްފި އެވެ.
ނުހައްގުން މުއްސަނދިކަން ހޯދަން ޓެކުހަށް މަކަރު ހަދަން ހިންގާފައިވާ ސިއްރު މުއާމަލާތްތަކުގެ މައުލޫމާތާ އެކު ޕެނަމާ ޕޭޕާސް އިން ދާދި ފަހުން އަލުން އާންމުކުރި ލިޔެކިޔުންތަކަކާ ގުޅިގެން ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީއާ ސުވާލުކޮށްފި އެވެ.
ޕެނަމާ ޕޭޕާސްގައި މިހާތަނަށް ދުނިޔޭގެ ނުފޫޒު ގަދަ އެތައް ބައެއްގެ ނުހައްގު މުއާމަލާތްތަކާ ބެހޭ އެތައް މައުލޫމާތެއް ލީކްކޮށްފައިވެ އެވެ. އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި އެންފޯސްމަންޓް ޑިރެކްޓްރޭޓް (އީޑީ) އިން ހޯމަ ދުވަހުގެ ރޭ އައިޝްވާރިއާއާ ފަސް ގަޑިއެއްހާ އިރު ވަންދެން ސުވާލުކުރި އެވެ. ޕެނާމާ ޕޭޕާސްގައި ބުނެފައިވާ ގޮތުގައި އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން ބްރިޓިޝް ވާޖިން އައިލޭންޑްގައި ރައްކާކޮށްފައިވާ ފައިސާތަކަކުން ފާއިތުވި 15 އަހަރުގެ ތެރޭގައި އޭނާ ބޮޑު މާލީ މަންފާއެއް ހޯދާފައިވެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ބްރިޓިޝް ވާޖިން އައިލޭންޑްގައި އައިޝްވާރިއާގެ ފައިސާތަކެއް ރައްކާކޮށްފައި ވަނީ އެމިކް ޕާޓްނާ ކިޔާ އޮފްޝޯ-ކުންފުންޏެއްގެ ދަށުންނެވެ. އަދި އޭގައި އޭނާ ލިސްޓް ކޮށްފައި އޮތީ ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
އެމިކް ޕާޓްނާ އަކީ ޕެނަމާގެ ލޯ ފާމެއް ކަމަށްވާ މޮޒަކް ފޮޒެކާގެ ދަށުން ރަޖިސްޓްރީ ކޮށްފައި އޮތް ކުންފުންޏެކެވެ. އެކަމަކު 2009 ގައި އެ ކުންފުނިން އައިޝްވާރިއާ ވަކިވެފައިވާ އިރު ދުބާއީގެ ބީކޭއާރް އެޑޯނޮސް އަށް ކުންފުނި ވިއްކައިލި ކަމަށް ވެސް ލިޔެކިޔުންތަކުގައި ބުނެ އެވެ.
މި މުއާމަލާތުގެ ފެށުމަކީ 2004 ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.
އައިޝްވާރިއާއާ ޕެނަމާ ޕެނަމާ ޕޭޕާސްގެ މައްސަލައެއްގައި މީގެ ކުރިން ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފައިވެ އެވެ.
އަބީޝޭކްގެ އުފަންދުވަހަށް އައިޝްވާރިޔާގެ ލޯބި ޕޯސްޓެއް
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟
އައިޝްވާރިއާ އަށް "ދަ ލެޓާ"
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ރާއްޖޭގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
އައިޝްވާރިއާ "ޕޮނިޔިން ސެލްވަން" ކުޅޭކަން ކަށަވަރު
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން