30 އޯގަސްޓް 2017
މައްކާ (އޮގަސްޓް 30) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި އިންޑޮނީޝިއާގެ 104 އަހަރުގެ އިބޫ މާރިއާ މަރްގާނީ މުހައްމަދު ހިމެނޭނެ އެވެ.
މައްކާ (އޮގަސްޓް 30) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި އިންޑޮނީޝިއާގެ 104 އަހަރުގެ އިބޫ މާރިއާ މަރްގާނީ މުހައްމަދު ހިމެނޭނެ އެވެ.
ހައްޖުގެ އަޅުކަމަށް އޭނާ މައްކާ އަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސައުދީގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީން ބުނީ އުމުރުން 90 އަހަރުގައި އިބޫ މާރިއާ ވަނީ އުމްރާއެއް ކޮށްފައި ކަމަށެވެ.
އިންޑޮނީޝިއާ ކޮންސިއުލޭޓުގެ އޮފިޝަލުން ވިދާޅުވީ އިބޫ މާރިއާ ހުރީ ފުރިހަމަ ސިއްހަތުގައި ކަމަށާއި އެއްވެސް މައްސަލައެއް ދިމާ ނުވެ ހައްޖުގެ ހުރިހާ ކަމެއް ވެސް އޭނާ އަށް އަދާކުރެވޭނެ ކަމަށެވެ.
އިންޑޮނީޝިއާ އިން ހައްޖަށް ދިޔަ 104 އަހަރުގެ އިބޫ މާރިއާ ޖިއްދާ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
ހައްޖަށް ދިއުމަށްޓަކައި އިންޑޮނީޝިއާގެ 3.2 މިލިއަން މީހުން މިހާރު ވެސް ކިޔޫގައި އެބަތިއްބެވެ. ދުނިޔޭގައި މުސްލިމް އާބާދީ އެންމެ ބޮޑު ގައުމުގެ ބައެއް މީހުން ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން އެވްރެޖްކޮށް 37 އަހަރުގެ އިންތިޒާރެއް ކުރަން ޖެހެ އެވެ. އިންޑޮނީޝިއާ އިން ހައްޖަށްދާ މީހުން އެވްރެޖްކޮށް ދަތުރަށް ޚަރަދު ކުރަން ޖެހެނީ 1،000 ވަރަކަށް ޑޮލަރެވެ.
އިންޑޮނީޝިއާ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް 221،0000 މީހުން ދިޔަ އެވެ. ސައުދީ ރަސްގެފާން ސަލްމާން މިދިޔަ މާޗު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑޮނީޝިއާ މީހުންނަށް ހައްޖު ކޯޓާ އިތުރުކޮށްދެއްވައިފަ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިއަން މީހުން ބައިވެރިވާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެ އެވެ.
އިންޑޮނީޝިއާ އިން މި އަހަރު ހައްޖަށް ނުދާން ނިންމައިފި
ވީޑިއޯ މެސެޖަކާ އެކު ހައްޖަށްދާން ރަސްގެފާނުގެ ދައުވަތު
ހައްޖު ދަނީ ސިޔާސީ ކުރަމުން: އިންޑޮނީޝިއާގެ ޒުވާނުން
ފައި މަގުގައި އެއް އަހަރުގެ ދަތުރަކަށް ފަހު ހައްޖަށް
އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ އިންޑޮނީޝިއާ އިން
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ
ހައްޖަށް ދިޔަ ހާހަކަށްވުރެ ގިނަ މީހުން މަރުވި
ހައްޖުގެ އަޅުކަމުގެ ތެރޭ 900 އަށް ވުރެ ގިނަ މަރު
މައްކާގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސް އިން މައްޗަށް