ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މި މަހުގެ ކުރީކޮޅު އައްޔަން ކުރި ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ އަދިވެސް ބަލައި ނުނިމޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
30 އޯގަސްޓް 2017
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މި މަހުގެ ކުރީކޮޅު އައްޔަން ކުރި ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ އަދިވެސް ބަލައި ނުނިމޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެކަމަކު އޭނާ އަށް މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މުނާ މިއަދު "މިހާރު" އަށް ވިދާޅުވީ އޭނާ ވަޒީފާ އަށް ނުކުމެވަޑައިގަތުމަށް މިހާތަނަކަށް ނާންގާ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވަން ބޭނުން ނުވާ ކަމަށެވެ.
ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މީޑިއާގައި ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ކުރިން އޮތް ގޮތުން، ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސީއެސްސީންނެވެ. އެކަމަކު މިދިޔަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، މިހާރު ޕީއެސް އިން އައްޔަން ކުރަން ޖެހޭނީ ކޮންމެ މިނިސްޓްރީއެއްގެ ވެސް މިނިސްޓަރުގެ ލަފައާ އެކު އެވެ. އެކަމަކު ޕީއެސް ގޭގައި މަޑުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް ވެސް ދީފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ. އެ މަގާމު ހަމަޖެހުމާ އެކު އޭނާ ވަނީ އެމްއެމްސީގެ ޑިރެކްޓަރުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕީއެސް އަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ވެރިޔާ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ
ޕީއެސްގެ ވަޒީފާ ލިބުނު، ދެން އެންގީ ގޭގައި މަޑުކުރަން
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
ހިދުމަތުގެ މުއްދަތާ ގުޅޭ ބަދަލު ބާތިލްކޮށް،މަޝްވަރާއަށް
ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ބަދަލެއް
ސީއެސްސީއަށް ޝަކުވާ ހުށަހަޅާ ނިޒާމު އިފްތިތާހުކޮށްފި
ބޮޑު މުސާރައަކާއެކު އީއާރުއޭއަށް އިސްވެރިޔަކު ހޯދަނީ
އޯވަޓައިމް ހޯދަން ރަސްމީގަޑީގެ ބޭރުން މަސައްކަތް ނުކުރޭ
28 ކައުންސިލަކަށް އެސްޖީން ހޯދަނީ