14 އޯގަސްޓް 2017
ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކުރި ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަން ފަށައިފި އެވެ.
ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކުރި ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަން ފަށައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެކަމަކު އޭނާ އަށް މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ސީއެސްސީން ބުނިގޮތުގައި މުނާ ގޭގައި މަޑުކުރަން އެންގި މައްސަލަ އެތަނަށް ވަނީ ހުށަހަޅާފަ އެވެ. އެހެންވެ، މިނިސްޓްރީން އެގޮތަށް އަމަލުކުރި ސަބަބު ބަލަމުން އަންނަ ކަމަށް ސީއެސްސީން ބުންޏެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ކުރިން އޮތް ގޮތުން، ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސީއެސްސީންނެވެ. އެކަމަކު މިދިޔަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، މިހާރު ޕީއެސްއިން އައްޔަން ކުރަން ޖެހޭނީ މިނިސްޓަރުގެ ލަފައާ އެކުގަ އެވެ. އެކަމަކު ޕީއެސް ގޭގައި މަޑުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް ވެސް ދީފައެއް ނުވެ އެވެ.
މުނާއާ މަގާމުގެ ލިޔުން ހަވާލު ކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި މަގާމުގެ ލިޔުން މުނާއާ ހަވާލުކޮށްދެއްވީ ސީއެސްސީގެ ރައީސް އަލީ ޝަމީމް އެވެ.
މި މައްސަލާގައި ޔޫތު މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ. އެ މަގާމު ހަމަޖެހުމާ އެކު އޭނާ ވަނީ އެމްއެމްސީގެ ޑިރެކްޓަރުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ޕީއެސް އަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ވެރިޔާ އެވެ.
ޕީއެސްގެ ވަޒީފާ ލިބުނު، ދެން އެންގީ ގޭގައި މަޑުކުރަން
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި
މުސާރަ އެންމެ ބޮޑުވީ ދަށް ފަންތީގެ މުވައްޒަފުންނަށް
މުނާ އިސްތިއުފާ ދެއްވައި އަލުން އެމްއެމްސީ އަށް
މުސާރަ ބޮޑުކުރުމުގެ މަސައްކަތްތަކެއް އެބަ ކުރޭ: ޝަމީމް
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!
މުސާރައިގެ މައްސަލާގައި ބައެއް އޮފީސްތައް ހުއްޓުމަކަށް!