ޖުމުލަ 28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.
10 ޖުލައި 2025
ޖުމުލަ 28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، އެސްޖީން ހޯދަމުން އަންނަނީ ދެ ލެވެލްއެއްގައި ކަމަށެވެ. އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100ރ. އަދި އަނެއް ލެވެލްއަށް 15،285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބެ އެވެ. މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.
ސީއެސްސީން ބުނިގޮތުގައި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ އެވެ.
ސީއެސްސީން ބުނީ އެސްޖީންނަކީ ކައުންސިލުތައް ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ އެ މަގާމު އަދާކުރާ މީހުންނަށް އިތުރު ގަޑީގެ ފައިސާއެއް ނުލިބޭނެ ކަމަށެވެ.
- ހއ. ތަކަންދޫ ކައުންސިލް
- ހދ. ހިރިމަރަދޫ ކައުންސިލް
- ހދ. ނޮޅިވަރަންފަރު ކައުންސިލް
- ށ. ފޭދޫ ކައުންސިލް
- ށ. ފީވަށް ކައުންސިލް
- ނ. ހެނބަދޫ ކައުންސިލް
- ނ. ވެލިދޫ ކައުންސިލް
- ރ. ވާދޫ ކައުންސިލް
- ރ. ރަސްމާދޫ ކައުންސިލް
- ރ. މަޑުއްވަރީ ކައުންސިލް
- ރ. އިންނަމާދޫ ކައުންސިލް
- ބ. ފެހެންދޫ ކައުންސިލް
- ބ. ހިތާދޫ ކައުންސިލް
- އއ. ފެރިދޫ ކައުންސިލް
- އއ. ތޮއްޑޫ ކައުންސިލް
- އދ. ހަންޏާމީދޫ ކައުންސިލް
- ވ. ކެޔޮދޫ ކައުންސިލް
- ވ. ތިނަދޫ ކައުންސިލް
- ވ. ރަކީދޫ ކައުންސިލް
- ފ. ދަރަނބޫދޫ ކައުންސިލް
- ދ. ރިނބުދޫ ކައުންސިލް
- ތ. ގާދިއްފުށި ކައުންސިލް
- ތ. ތިމަރަފުށި ކައުންސިލް
- ލ. ދަނބިދޫ ކައުންސިލް
- ލ. މުންޑޫ ކައުންސިލް
- ގއ. ކޮލަމާފުށި ކައުންސިލް
- ގއ. ދެއްވަދޫ ކައުންސިލް
ސީއެސްސީން ބުނީ އެސްޖީގެ މަގާމުގެ އަސާސީ ޝަރުތުގައި ހިމެނޭ މަގާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ބަލާނީ ލޯކަލް ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކޮށްފައިވާ މަގާމުތަކުގައި ކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުގެ ތެރޭގައި "އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް"ގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ނަމަ ކަމަށެވެ.
އެޑްމިނިސްޓްރޭޝަނާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމަށް ބަޔާންކުރާ ނަމަ އެވެ. އޭގައި ރިޕޯޓު ހެދުމާއި ރެކޯޑު ބެލެހެއްޓުމާއި ސިޓީ ލިޔުންފަދަ ކަންތައްތައް ހިމެނެން ޖެހެ އެވެ.
އެ މަގާމަށް އެދި ހުށަހަަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ މި މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސީއެސްސީއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ.
ސީއެސްސީން ބުނިގޮތުގައި އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގަ އެވެ. އިންޓަވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި އެ މަގާމަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާންމުކުރާނެ އެވެ.
ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 511 މީހުން
ފާޑުކިޔުންތަކާއެކު، ސައީދުގެ އިސްލާހު ނަގައިފި
ކައުންސިލްތަކަށް 200 އެސްޖީން ހޯދަން އިއުލާނުކޮށްފި
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
ހިދުމަތުގެ މުއްދަތާ ގުޅޭ ބަދަލު ބާތިލްކޮށް،މަޝްވަރާއަށް
ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ބަދަލެއް
ސީއެސްސީއަށް ޝަކުވާ ހުށަހަޅާ ނިޒާމު އިފްތިތާހުކޮށްފި
ބޮޑު މުސާރައަކާއެކު އީއާރުއޭއަށް އިސްވެރިޔަކު ހޯދަނީ
ކައުންސިލްއިމާރާތް އަޅަން 631 މިލިއަނަށް އާރުސީސީއަށް
އޯވަޓައިމް ހޯދަން ރަސްމީގަޑީގެ ބޭރުން މަސައްކަތް ނުކުރޭ