Roadha Mihaaru
ހަސަދަވެރިވިއަސް ރައީސް ގެންނަ ތަރައްގީ ފެނޭ:ސަަލީމް

ހަސަދަވެރިވިއަސް ރައީސް ޔާމީން ގެންނަވާ ތަރައްގީ އެބަ ފެނޭ: ސަލީމް

29 އޯގަސްޓް 2017

ބަޔަކު ހަސަދަވެރިވިއަސް ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެންނަވާ ތަރައްގީ މާލެ އާއި ރަށްރަށުން ފެންނަމުން އަންނަ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަޔަކު ހަސަދަވެރިވިއަސް ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެންނަވާ ތަރައްގީ މާލެ އާއި ރަށްރަށުން ފެންނަމުން އަންނަ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކަށް އާންމުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ސަލީމް ޕީޕީއެމުން ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕޭން ޖަލްސާތަކުގެ ތެރެއިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ރޭ ވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވައިފަ އެވެ.

އެ ޖަލްސާގައި ސަލީމް ވިދާޅުވީ ބަޔަކަށް ގަބޫލުކުރަން ދަތިވިއަސް ރައީސް ޔާމީން ގެންދަވަނީ ގައުމު ތަރައްގީ ކުރައްވަމުން ކަމަށެވެ. އެ ތަރައްގީ މާލެ އާއި ރަށްރަށުން ފެނުމުން ގަބޫލުކުރަން ބޭނުން ނުވާ މީހުން ހަސަވެރިވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމްދީނުގައި ހަސަދަވެރިކަމުގެ ނުބައިކަމާ މެދުގައި ގިނަ މިސާލުތަކެއް ދައްކަވައި ސަލީމް ވަރަށް ގިނަ ވާހަކަ ދެއްކެވި އެވެ.

"ރައީސް ޔާމީނަށް ތައުރީފްކުރަމުންދާތީ މިދޭތެރެއިން ސޯޝަލް މީޑިއާގައި ހަޖޫ ޖަހާ ހެދި. އެކަމަކު ތައުރީފް ކުރަން ޖެހޭ ތަންތަނުގައި ތައުރީފް ވެސް ކުރަން ޖެހޭނެ. ހަމަ ހުޝާމަދު ކުރުމަކީ އޮތް ކަމެއް ވެސް ނޫން. މި ދެ ކަންތައް ވެސް އެބައޮތް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހަސަދަވެރިކަމާއި ބޮޑާކަން އަދި އަމިއްލަ އެދުން އިސްކުރުމަކީ ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. ގައުމަށް ކުރިމަތިވެގެން މިއުޅެނީ ހަސަވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުގެ މައްސަލަ ކަން ކަމަށް ވިދާޅުވި އެވެ.

މި ދެ ކަންތައް ވީމަ މިވާ ގޮތަކީ ބަޔަކު ހަލާކުވެގެން ދަނީ،" ސަލީމް ވިދާޅުވި އެވެ.

ދީނީ އެކި ހާދިސާތަކުން މިސާލު ޖައްސަވަމުން ސަލީމް ވިދާޅުވި ގޮތުގައި ހަސަދަވެރިކަމާއި ބޮޑާކަން ނައްތާލުމުން ގައުމަށް ވެސް ފައިދާވާނެ އެވެ.

ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަށް ތައުރީފްކުރައްވައި ސަލީމް ވާހަކަ ދެއްކެވިއިރު، އެމަނިކުފާނުު ސިޔާސަތުތައް ގޯސްކޮށް ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ކުރީގެ ރައީސް މައުމޫނާ އެކު މަސައްކަތް ފެއްޓެވި އެވެ. އަލުން ރައީސް ޔާމީން ފަޅިއަށް އަރާވަޑައިގަތީ، ސަލީމްގެ ވިޔަފާރިއަށް ސަރުކާރުން ޕްރެޝަރުކުރުމުންނެވެ.