Roadha Mihaaru
ރިޝްވަތުގެ ދައުވާގެ ލިޔުންތައް ފާރިސްއާ ހަވާލުކޮށްފި

ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާގެ ލިޔުންތައް އޭނާއާ ހަވާލުކޮށްފި

28 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކޮށްފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސަށް ކުރާ އެ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފަހު އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފާރިސްގެ މައްސަލައާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު ހަވާލުކުރިޔަސް އެ މައްސަލައިގެ ޝަރީއަތް ބާއްވާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.

އެ މައްސަލާގައި ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ހުުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ރިޝްވަތުގެ މައްސަލާގައި ފާރިސަށް ދައުވާ ކުރާއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ވެސް ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.