Roadha Mihaaru
ރައީސް ޔާމީނާއި މައުމޫންގެ ކޯޅުން ފޯރިގަދަ ހިސާބެއްގައި

ކޮލަމް އަސްދަނޑި: ޔާމީނާއި މައުމޫނުގެ ކޯޅުން ފޯރިގަދަ ހިސާބެއްގައި!

29 ޖޫން 2016

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ރަމަޟާން މަސް އިހުޔާކުރުމުގެ ފޯރަމްގެ ތެރެއިން އެއް ބައެއްގެ ސަމާލުކަން ހުއްޓުނީ އޭގެ ކުރީ ރޭ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ނަސީރަށެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ޖެހިގެން ވާތް ފަރާތުން ދެ ވަނަ އަށް އިންނެވީ އުމަރެވެ. އުމަރާއި މައުމޫނާ ދެމެދުގައި އިންނެވީ މައުމޫންގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި މަންޒަރު ބައެއް މީޑިއާތަކާއި ޝޯޝަލް މީޑިއާގައި އެ ރޭ އެނބުރެން ފެށީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ރެއާ ހަމައަށް، މި ރޯދަމަހު މައުމޫން ފައުންޑޭޝަނުން ބޭއްވި ދެ ޖަލްސާގައި ވެސް އުމަރެއް ނެތެވެ. އެކަމަކު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ ފޯރަމްގައި އުމަރު ބައިވެރިވެވަޑައިގެން، މައުމޫނާއި ފާރިސްއާ އެހާ ގާތުގައި އިންނެވުމަކީ އުމަރު ދެއްވި މެސެޖެއް ކަމަށް ބެލެވެ އެވެ. އެ މެސެޖް ރައްދުވަނީ ރައީސް އަބްދުﷲ ޔާމީނަށް ނުވަތަ މި ސަރުކާރަށެވެ. ސަބަބަކީ ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދުގައި މިހާރު ކަންކަން ގޯސްވެފައިވާ މިންވަރެވެ. ގުޅުން ހީނަރުވެފައިވާ މިންވަރެވެ. އުމަރު ވެސް މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ރައީސް ޔާމީންއާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ތެރެއިން ކަމަށް ވެ އެވެ. މި ނުތަނަސްކަމުގެ ތެރެއިން މައުމޫންގެ އަރިހުގައި އުމަރު ހުންނަވަނިކޮށް ފެނުމާއި އުމަރާ ގުޅޭ ގޮތުން މައުމޫން ދައްކަވާ ކޮންމެ ވާހަކައަކީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ރައްދުވާ މެސެޖެއް ވެސް މެ އެވެ.

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އުމަރު ބައިވެރިވެވަޑައިގަންނަވަނީ.

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އުމަރު ބައިވެރިވެވަޑައިގަންނަވަނީ.

އުމަރުގެ އިސްތިއުފާއާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓްގައި ވެސް ވަނީ އުމަރަށް ތާއީދު ކުރައްވައިފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި އުމަރަކީ ޝަރަފުވެރި، ނަޒާހަތްތެރި ބޭފުޅެކެވެ.

އުމަރުގެ އިސްތިއުފާގެ އަނެއް ދުވަހު، އޭނާ އަށް މައުމޫން ތައުރީފު އޮއްސާލެއްވި އިރު، ހަމަ އެ ދުވަހު ރާއްޖޭގެ ނައިބު ރައީސް ކަމަށް ރައީސް ޔާމީން އައްޔަން ކުރެއްވި އަބްދުﷲ ޖިހާދަށް އެންމެ ކުޑަމިނުން މަރުހަބާއޭ ވެސް މައުމޫން ވިދާޅުވެފައެއް ނުވެ އެވެ. ކެބިނެޓާ އަލަށް ގުޅިވަޑައިގެންނެވި ދެ ބޭފުޅުންނަށް ވެސް މައުމޫންގެ ތައުރީފެއް، ނުވަތަ މަރުހަބާގެ ބަސްތަކެއް ނީވެ އެވެ. ސަރުކާރު ހިންގާ ޕާޓީގެ ރައީސް ކަމަށް ވީ ނަމަވެސް، ސަރުކާރުން ކުރާ އެއްވެސް ކަމަކާ އުފާފުޅުވެގެން، އެކަން ފަހަކަށް އައިސް މައުމޫން ފާހަގައެއް ނުކުރައްވަ އެވެ. ހުންނަވަނީ ހިމޭނުންނެވެ. އެއިން އެމަނިކުފާނު ދެއްވާ އެއް މެސެޖަކީ ކަންކަން ގޯސްކަމުން އެއްޗެކޭ ވިދާޅުވުމަށް ވުރެ ހަނުހުންނެވުން ރަނގަޅީ ކަމެވެ. ޕާޓީގެ ތެރެއިން ކަންކަން ހައްލުކުރައްވަން ސީދާ ރައީސް ޔާމީނާ މުއާމަލާތް ނުކުރައްވާ ކަމެއް ނޭނގެ އެވެ.

ޔަގީންވާ އެއް ކަމަކީ ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، މައުމޫންގެ ބައެއް ސިޓީތަކަށް ރައީސް ޔާމީން ޖަވާބު ވެސް ނުދެއްވާ ކަމެވެ. މައުމޫންގެ ބައެއް އެސްއެމްއެސްތަކަށް ވެސް ރައީސް ޔާމީން އަޅާނުލައްވާ ކަމަށް ދެ ބޭފުޅުންގެ އަރިސް ބޭފުޅުން ވިދާޅުވެ އެވެ. މިކަން ރައީސް ޔާމީން މިހެން ކުރެއްވި ނަމަވެސް، މިދިޔަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައުމޫން ދެކޮޅު ހެއްދެވި ކޮންމެ ކަމެއް ރައީސް ޔާމީންގެ "އަތަށް ވަނީ ގޮވައިފަ" އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ: ރައީސް ޔާމީނާ ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ: ރައީސް ޔާމީނާ ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ؛ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މުހުތާޒް މުހުސިންގެ ބަދަލުގައި މައުމޫން ބޭނުންފުޅުވީ، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ގެންނެވުމަށެވެ. އެކަމަކު ރައީސް ޔާމީން އެކަމާ ސީދާ ދެކޮޅު ހައްދަވައި ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި މުހުތާޒް މިހާރު ހުރީ ޖަލުގަ އެވެ. ޕީޖީކަމުން ވަކިކުރި ފަހުން، ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައެއްގައި މުހުތާޒް ބެދުނީ އެވެ.

ނައިބު ރައީސް ކަމަށް އަހުމަދު އަދީބު ގެންނަން ވެސް މައުމޫން ދެކޮޅު ހެއްދެވި އެވެ. އެކަމަށް ބެއްލެވުމެއް ނެތި ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރެއްވީ އެވެ. އާހިރުގައި ރައީސް ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވެ އަދީބު އެ ހުރީ ޖަލުގަ އެވެ.

ރާއްޖޭގެ ބައެއް ބިންތައް ދިގު މުއްދަތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ވެސް މައުމޫން ފާޅުގައި ދެކޮޅުހެއްދެވި އެވެ. އެއަށް ބެލުމެއް ނެތި އިސްލާހު ފާސްކުރީ އެވެ. އޭގެ ނަތީޖާ އަކީ އެތައް ބައެއްގެ ނަފްރަތު ސަރުކާރަށް އަމާޒުވުމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން ބައްދަލުވުމުގައި: ބޮޑެތި ނިންމުންތަކާ ގުޅޭ ގޮތުން މައުމޫން ފާޅުކުރައްވާ ހިޔާލާއި ކަންކަން ކުރަން އަންގަވާ ގޮތާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގިނަ ފަހަރު ދެކޮޅު ހައްދަވާ. ފޮޓޯ/ ނިޝާން އަލީ /މިހާރު

މިހާރު އެންމެ ހޫނުވެގެން އުޅެނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާންކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ މައްސަލަ އެވެ. އެ އިސްލާހު އެގޮތަށް ފާސްކޮށްފި ނަމަ، ކޮރަޕްޝަނަށް މަގުފަހިވެދާނެތީ، އެއަށް ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު އެ މެމްބަރުން މައުމޫނަށް ގެންދަވަނީ ގޮންޖައްސަވަމުންނެވެ. އާ އިސްލާހަށް މައުމޫން ކިތަންމެ ދެކޮޅު ހެއްދެވިޔަސް ފާސްކުރާނެކަން ޔަގީނެވެ.

ރައީސް އަބްދުﷲ ޔާމީން (ވ)އާ ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން (ވ)އާ ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ރައީސް ޔާމީނާއި މައުމޫންގެ "ކޯޅުން" ބޮޑުވެ، ޕާޓީގެ އެތެރެ "ފަޅައިގެން" ހިނގައިދާނެ ކަމުގެ މަންޒަރު މިހާރު ދުރުދުރުން ފެންނަން ފަށައިފި އެވެ. އެކަން ދެން އެންމެ ބޮޑަށް ފެންނާނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމާ މެދު ނިންމާ ގޮތަކުންނެވެ. ޕީޕީއެމްގެ ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގަ އެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕާޓީގެ ޓިކެޓް ދޭން ކައުންސިލްގެ މެޖޯރިޓީ މެމްބަރުންގެ ހުށަހެޅުން އެޖެންޑާ ނުކުރައްވައި މައުމޫން މަޑުކުރައްވަނީ އެހެންވެ އެވެ. އެޖެންޑާ ކޮށްފި ނަމަ، މައުމޫންގެ ވިސްނުންފުޅާ ދެކޮޅަށް ކަންކަން ނިމި، ރައީސް ޔާމީނަށް ހުރިހާ ބާރެއް ލިބިވަޑައިގަންނަވާނެ އެވެ. ޕްރައިމަރީއަކަށް ނުގޮަސް ރައީސް ޔާމީން ޓިކެޓް ކާމިޔާބު ކުރައްވާނެ އެވެ.

މައުމޫން މި މައްސަލަ އެޖެންޑާ ނުކުރައްވައިފި ނަމަ، އެނގިފައިވާ ގޮތުގައި ބައެއް މެމްބަރުން މިހާރު ތިއްބެވީ، އެމަނިކުފާނު ރަށުން ބޭރަށް ވަޑައިގަންނަވާ ވަގުތަކަށް ބަލަބަލަ އެވެ. މައުމޫން ބޭރަށް ވަޑައިގަންނަވާ ތަނުން ކައުންސިލް ބާއްވައި، ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް، އެމަނިކުފާނަށް ޓިކެޓް ދޭން ފާސްކުރަން، ރައީސް ޔާމީނަށް އިހުލާސްތެރި ބޭފުޅުން ތިއްބެވީ ކެރިގެންނެވެ. ހަގީގަތަކީ، ޕީޕީއެމްގެ ކައުންސިލްގެ ރިޔާސަތުގައި މައުމޫން އިންނެވިޔަސް ހަގީގީ ބާރު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ކަމެވެ.

ޔަގީންވާ އެއް ކަމަކީ ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، މައުމޫންގެ ބައެއް ސިޓީތަކަށް ރައީސް ޔާމީން ޖަވާބު ވެސް ނުދެއްވާ ކަމެވެ. މައުމޫންގެ ބައެއް އެސްއެމްއެސްތަކަށް ވެސް ރައީސް ޔާމީން އަޅާނުލައްވާ ކަމަށް ދެ ބޭފުޅުންގެ އަރިސް ބޭފުޅުން ވިދާޅުވެ އެވެ. މިކަން ރައީސް ޔާމީން މިހެން ކުރެއްވި ނަމަވެސް، މިދިޔަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައުމޫން ދެކޮޅު ހެއްދެވި ކޮންމެ ކަމެއް ރައީސް ޔާމީންގެ "އަތަށް ވަނީ ގޮވައިފަ" އެވެ.

އިންތިހާބު ކައިރިވާ ވަރަކަށް ބޮޑުމަންޒަރު ތިލަވަމުން ދާނެ އެވެ. ޑީއާރުޕީ އަހުމަދު ތަސްމީން އަލީއާ ހަވާލުކުރުމުން، ކުރިމަތިވި ކަންކަމާ އެކު، ޕީޕީއެމް އުފައްދަން މައުމޫން ކުރެއްވި ތަޖުރިބާއާ ހަމައަށް ވެސް ވަޑައިގަތުން ކައިރި އެވެ. ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން ކަމަށް ވެފައި، ކޮންގްރެސްއެއް ބާއްވައިފި ނަމަ، ޕާޓީގެ އިސް މަގާމުތައް ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކަށް ލިބުމުގެ ފުރުސަތު އޮތުމުންނެވެ. އެ ހިސާބުން މައުމޫންގެ ބާރު ޕީޕީއެމްގެ މައްޗަކަށް ނޯންނާނެ އެވެ. މައުމޫނަށް އަނެއްކާވެސް ޕާޓީ ގެއްލޭނެ އެވެ. ޕީޕީއެމްގެ ސަރުކާރެއް މިހާރު އޮތަސް، އެ ސަރުކާރާ ޕީޕީއެމްއަކާ އެއްވެސް ގުޅުމެއް ނެތް ކަހަލަ އެވެ. ޕީޕީއެމް އޮފީސް ހުންނަނީ ނަމަކަށެވެ. ހުރިހާ ކަމެއް ކުރަނީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނެވެ.

މައުމޫނާ ނުލައި ރައީސް ޔާމީން 2018 ގެ އިންތިހާބު ކާމިޔާބުކުރެއްވޭނެތޯ ނުވަތަ ނޫންތޯ އަކީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އެހާ ހިސާބުން ރައީސް ޔާމީންގެ ތާއީދު އޮތް މިންވަރު ވެސް ސާފުވާނެ އެވެ. އިންތިހާބުގައި މައުމޫން އަމަލު ކުރައްވާނީ ކޮން ގޮތަކަށް ބާވަ އެވެ؟ މައުމޫންގެ ފަހަތްޕުޅުގައި މިއަދު އުމަރު ހުންނެވުމުން ދޭހަވަނީ، މާޒީ ތަކުރާރުވާން އުޅޭކަމެވެ. މައުމޫންގެ ތާއީދާ އެކު އެހެން ކެންޑިޑޭޓަކު ނެރެފާނެ ބާވަ އެވެ؟ އުމަރު އެ ތައްޔާރުވަނީ އެއަށް ހެއްޔެވެ؟