Roadha Mihaaru
މައުމޫން ސިޔާސީ ކަންކަން ހުއްޓާލަން ޔާމީންގެ ރައްދެއް

މައުމޫނަށް ޔާމީންގެ ނުސީދާ ރައްދެއް: ސިޔާސީ ކަންކަން ހުއްޓާލައި އަރާމުކުރަންވީ

26 މާޗް 2022

ޕީޕީއެމުން ވަކިކުރުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި 3،000 މެންބަރުން ހަމަނުވާތީ އެކަމާ ގުޅުވައި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މައުމޫނަށް ނުސީދާކޮށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕީޕީއެމުން ވަކިކުރުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި 3،000 މެންބަރުން ހަމަނުވާތީ އެކަމާ ގުޅުވައި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މައުމޫނަށް ނުސީދާކޮށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމްގައި އުފެދުނު މައްސަލަތަކުގެ ތެރޭ ޔާމީން ޕާޓީގެ ކޮންޓްރޯލް ހޯއްދަވައި މައުމޫން ބޭރުކޮށްލެއްވުމުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މިހާރު ގާނޫނު ބުނާ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމައެއް ނުވެ އެވެ.

މެމްބަރުން ހަމަނުވެއްޖެ ނަމަ އުވާލަން ޖެހޭ ލިސްޓުގައި އެމްއާރުއެމް ހިމެނިފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން، ޕީޕީއެމް އޮފީހުގައި މިރޭ އޮތް ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ "ގިނަ ޕާޓީތަކުގައި 3،000 ހަމަނުވާ ކަމަށާއި އެކަމަކު ވެސް ދިދަ ހިފައިގެން ނުކުންނަން އެބަ ޖެހޭ" ކަމަށެވެ.

އިދިކޮޅުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

އިދިކޮޅުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

"އެންމެ ރަނގަޅު ދެއްތޯ އަރާމުކޮށްލަން ގޭގައި ތިބިއްޔާ. ރާއްޖޭގެ މިއޮއް ބޮޑު އާބާދީގެ ތެރެއިން 3،000 މީހުން ހަމަނުވާ ކަމަށްވަންޏާ އެއީ ލީޑަރެއް ކަމަށް ޕޯޓްރޭޓްވެގެން ރަޖިސްޓްރީވެގެން ރައްޔިތުންނަށް ދައްކައިގެން އުޅޭނެ ކަމެއް ނެތޭ،" ރާއްޖޭގައި 30 އަހަރު ވެރިކަންކުރައްވާފައިވާ މައުމޫނަށް ނިސްބަތްވާ ގޮތަށް ޔާމީން ވިދާޅުވި އެވެ.

މައުމޫންގެ ނަން ވިދާޅުނުވިއެއް ކަމަކު ޔާމީންގެ ދެއްކެވި ވާހަކައިން އެއީ 3،000 މެންބަރުން ހަމަނުވާ ހުރިހާ ޕާޓީތަކުގެ ވާހަކަ ނޫން ކަމާއި މައުމޫނަށް އަމާޒުކުރެއްވި ވާހަކަތަކެއްކަން އެނގެ އެވެ.

"އަނެއްކާ ބައެއް މީހުން ގަބޫލުކުރަން އެބަޖެހޭ ދެއްތޯ އެ މީހުންގެ ސިޔާސީ ދައުރު މިހާރު މާޒީވެ ހިނގައްޖެ ކަމަށް. އެއަކަށް ޖާގައެއް ނެތޭ މިއަދަކު. އެހެންވީމަ ކީއްކުރަންތޯ މި އުޅެނީ. ކަމެއް ކުރަންޏާ މި ފަސްގަނޑުގެ ހިމާޔަތުގައި ތެދުވަންވީ،" އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަށް އެހެން ޕާޓީތަކުގެ ތާއީދު ނެތުމުން އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެމްއާރުއެމްގައި ތިބީ 2،300 މެމްބަރުންނެވެ. އެ ޕާޓީން ބުނި ގޮތުގައި އެ އަދަދަށް ދަށްވީ އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުންނެވެ. އެކަމަކު ޕާޓީ އުވާލައި ހިސާބަށް ނުދާނެ ކަމަށާއި މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ރޭވިފައި އެބަ އޮތް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.