26 އޯގަސްޓް 2017
އެޓާނީ ޖެނެެރަލް މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި ކޯޓުތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފި އެވެ.
އެޓާނީ ޖެނެެރަލް މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި ކޯޓުތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް މި ބަޔާން ނެރުނީ ބަންޑާރަ ނައިބު ރޭ ދަންވަރު ސުޕްރީމް ކޯޓުން ނިކުމެ ވަޑައިގަންނަވަނިކޮށް ފެނުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނީ ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލުކުރެއްވުމުން އެކަމާ އިންތިހާއަށް ކަންބޮޑުވެ، އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އޭޖީ މިގޮތަށް ކަންތައް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ މަހެއް ވެގެން ދާއިރު ވެސް ހުކުމް ނުކޮށް ލަސްކުރަމުންދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ބަންޑާރަ ނައިބު މިފަދަ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވާއިރު، ބަންޑާރަ ނައިބަކީ އެ މައްސަލައިގެ އެއް ޚަސްމުކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ސުޕްރީމް ކޯޓުގެ މިނިވަންކަމަށް ނުފޫޒުފޯރުވައި އިންސާފަށް ހުރަސް އަޅުއްވަމުންދާ ކަމަށް ބެލެވޭ ގޮތަށް ދައުލަތުގެ ބަންޑާރަ ނައިބާއި ބައެއް ވަޒީރުން މިފަދައިން ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް
ގާނޫނުއަސާސީ މިއަދު ބިންމަތީގައި!
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
އަދިވެސް ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު ކޯލިޝަން
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި
"މި ހާލަތު ނިމުމަކަށް ގެނެވޭނީ އުއްތަމަ ފަނޑިޔާރަށް"
ޑީޖޭއޭގެ ނަމުގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި