22 އޯގަސްޓް 2017
ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ނަމުގައި ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ނަމުގައި ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
ޝަރީއަތާ ގުޅޭ ކަންކަމުގައި މީޑިއާތަކުގައި ވާހަކަ ދައްކައި އަދި އެފަދަ ކަންކަމަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސްއޫލިއްޔަތަށް ހުރަސްއަޅާ ނަމަ އެ ކަންކަމާ މެދު ފިޔަަވަޅު އަޅާނެ ކަމަށް އިންޒާރު ދީ ޑީޖޭއޭ އިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ނެރުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ހުކުމް އިއްވުން ލަސްވާތީ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ޑީޖޭއޭގެ އެ އިންޒާރު ކުށްވެރިކޮށް، އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އާއްމުކޮށްފައިވާ ކަމަށެވެ. ޑީޖޭއޭގެ މަސައްކަތްތަކުގެ ތެރޭގައި، މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅިގެން އިންޒާރު ދިނުމާއި އެކިއެކި ފިޔަވަޅު އެޅުން ފަދަ ކަންކަން ކުރުމުގެ އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކޮށްފައި ނުވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
"އެފަދަ ކަމެއް ކުރުމުގެ ގާނޫނީ ބާރު ވެސް އެ އިދާރާ އަށް ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވެސް ލިބިދީފައެއް ނުވެ އެވެ. އެހެންކަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރައްވައި މަގާމުގެ ނާޖާއިޒް ނުފޫޒު ބޭނުން ކުރައްވައިގެން އެއްވެސް ފަރާތަކުން އެ އިދާރާގެ ނަމުގައި ރައްޔިތުންނަށް ބިރު ނުދެއްކެވުމަށް ގޮވާލަމެވެ،" އިދިކޮޅު ހަރަކާތުގެ ބަޔާނުގައިވެ އެވެ.
އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަަކަށް ވެސް ލިބިގެންވާ ކަން އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޑީޖޭއޭ އަށް ހަނދާން ކޮށްދީފަ އެވެ.
ޕާޓީތަކުން ބުނިގޮތުގައި ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ކޯޓުތަކުގައި "ތާށިކޮށްފައި ބެހެއްޓުމަކީ" ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލޭނެ ކަމެކެވެ. އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރުގެ ބޭރުން، މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލާގައި ގޮތެއް ނިންމައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް މައްސަލަ ނިންމާފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމާ ހެދި ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރަން ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެ ވާހަކަ ދެއްކުމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ޑީޖޭއޭ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ފަނޑިޔާރުންނަށް ބިރު ދައްކާތީ އާޒިމްގެ މައްސަލަ ކޯޓަށް
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
އިސްލާހުކުރަން މަސައްކަތް ކުރުމުގެ އެބައޮތް: ޑީޖޭއޭ
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
ސުއޫދު ހާޒިރުކުރީ ބިރު ދައްކަން: އެމްޑީޕީ
ޝަރުއީ ނިޒާމުގެ އިސްލާހު: ހައްލު ރަނގަޅުވާން ޖެހޭނެ
"އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް"
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް