23 އޯގަސްޓް 2017
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދާއި ހަނީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އޮތީ ފުރަތަމަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ސައުދާ ހަވާލުކޮށްފައި ނެތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއްް އަދި ސާފެއް ނުވެ އެވެ.
ސައުދާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައިގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް ސައުދުގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެއީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ކުރާ ދައުވާއަކާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ ދުވަހު ސައުދު މަޖިލީހަށް ވަން މައްސަލާގައި ކުރާ ދައުވާ އެކެވެ. އެކަމަކު އެ ދެ މައްސަލައިގެ ޝަރީއަތެއް އަދި ނުފަށަ އެވެ.
ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
ސައުދަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި
ސައުދަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުމެއް މާދަމާ
ސިނާނާއި ސައުދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސައުދާއި ހަނީފްގެ ޝަރީއަތް މާދަމާ ފަށަނީ
ސައުދާއި ހަނީފަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް