ރަސްމީ ޖަލްސާތަކާއި ޕީޕީއެމްގެ ހަފުލާތަކުގައި ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރެއްވުމަކީ އެމަނިކުފާނުގެ މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލީސް މެމްބަރުންގެ އާއްމު ކަމެކެވެ. އެއް ބޭފުޅަކަށް ވުރެ ބޮޑަށް ތައުރީފް ކުރެއްވޭތޯ އަނެއް ބޭފުޅަކު އަބަދުވެސް ބައްލަވަ އެވެ. ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އިން ވެސް ފެނުނީ ހަމަ މި މަންޒަރެވެ. އެކަމަކު އެ ވާދަވެރި ތައުރީފްގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަމުނާލެއްވި ހުޝާމދު ބަސްތައް މި ވަނީ ބޮޑު ޖޯކަކަށް ވެފަ އެވެ.
20 އޯގަސްޓް 2017
ރަސްމީ ޖަލްސާތަކާއި ޕީޕީއެމްގެ ހަފުލާތަކުގައި ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރެއްވުމަކީ އެމަނިކުފާނުގެ މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލީސް މެމްބަރުންގެ އާއްމު ކަމެކެވެ. އެއް ބޭފުޅަކަށް ވުރެ ބޮޑަށް ތައުރީފް ކުރެއްވޭތޯ އަނެއް ބޭފުޅަކު އަބަދުވެސް ބައްލަވަ އެވެ. ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އިން ވެސް ފެނުނީ ހަމަ މި މަންޒަރެވެ. އެކަމަކު އެ ވާދަވެރި ތައުރީފްގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަމުނާލެއްވި ހުޝާމދު ބަސްތައް މި ވަނީ ބޮޑު ޖޯކަކަށް ވެފަ އެވެ.
ރައީސް ޔާމީނަށް ސައީދު ތައުރީފް ކުރައްވަމުން ގޮސް އެމަނިކުފާނު ސިފަކުރެއްވީ "ފިނިފެންމަލެއް"ގެ ގޮތަށެވެ. އެ ވާހަކަ ވަރަށް ވައިގައި ހިފައި، ސޯޝަލް މީޑިއާގައި މިނިސްޓަރު ސައީދު މިވަނީ "ހޫނު ފެނަަށް" ވެއްޓިވަޑައިގެންފަ އެވެ. ފުލުފުލުގައި މަލާމާތުގެ ޓުވީޓުތަކެވެ. ޖޯކަކަށް ހަދައިގެން ރައީސް ޔާމީނާއި ސަރުކާރަށް ފާޑުކިޔަނީ ވެސް ފިނިފެންމަލާ ގުޅުވައިގެންނެވެ.
Raees Yameen akee " Finifenmaleh" Gahugai in vaguthu hageegee araamu libigannan jehey: Minister Saeedh pic.twitter.com/3WhJPfiKiJ
— Aminath Nuzha (@nuzu8121) August 18, 2017
ރައީސް ޔާމީނަށް ސައީދު ތައުރީފް ކުރައްވައި ވާހަކަ ދެއްކެވި ވީޑިއޯ ރާއްޖެ ޓީވީގެ ނޫސްވެރިއަކު ޓުވީޓްކޮށްފައި.
ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ ބައެއް މީހުން ބުނިގޮތުގައި، ތައުރީފް ކުރައްވަމުން ގޮސް މިނިސްޓަރު ސައީދު ވަނީ ރައީސް ޔާމީން ވެސް ލަދުގަންނަވާލައިފަ އެވެ. ދިވެހި ބަހުގެ އަދަބިއްޔާތުގައި ހިމެނޭ ޅެމާއި ރައިވަރާއި ލަވަ އަދި ވާހަކަތަކުގައި ވެސް އާއްމުކޮށް ފިނިފެންމަލުން މިސާލު ޖަހާ އުޅެނީ އަންހެނުން ސިފަކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ބައެއް މީހުން ބުނަނީ ސައީދުއާ ހެދި އަންހެން ކުއްޖަކަށް މިހާރު ފިނިފެންމަލެއް ވެސް ދެވެން ނެތް ކަމަށެވެ.
Firihenakah Finifenmaa kiyaakah nuvaane. Ei varah "Randu" Sifa eh. @em_saeed .
— Ali Nizar (@DhekunuNizar) August 20, 2017
މިނިސްޓަރު ސައީދު ޖެއްސެވި މިސާލަށް އަމާޒުކުރައްވައި މެމްބަރު ނިޒާރު ކުރެއްވި ޓުވީޓެއް.
އިއްޔެ ބޭއްވި ކަމަދޫ ބައި އިލެކްޝަނުގެ ކުރިން ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ރައީސް ޔާމީން ތަރައްގީ އަށް ކުރައްވާ ގިނަ މަސައްކަތްތައް ތަފްސީލު ކޮށްދެއްވައިފަ އެވެ.
"ފިނިފެންމަލެއް ގަހުގައި އިން ވަގުތު އޭގެ ހަގީގީ އަރާމުކަން ދެނެގަންނަން އެނގެން ޖެހޭނެ. އެ މާ ނެތި މޮޅި ދިޔައީމައެއް ނޫނޭ އެ އެކަން ކުރަން ޖެހޭނީ. އިންސާނެއްގެ ފިކުރާއި ސިކުނޑިއާ ކުޅޭނެ އެތައް ސައިޒުގެ އިބިލީސް،" ފޯރި އާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ އެ ފިނިފެންމަލަކީ މިއަދު ރައީސް ޔާމީނޭ. އެ ވެރިޔަކީ، މުހައްމަދު ތަކުރުފާނަކީ ރައީސް ޔާމީނޭ ބުނަން ކެރޭ. އަޅުގަނޑު ވެސް އަތޮޅުން ދިވެހި ރާއްޖޭގެ އުތުރުން ދެކުނުން މެދުތެރެއިން އޭރު އަޅުގަނޑުމެންގެ ކާބަފައިންގެ ފައުޖުތަކާއި ދޯނިފަހަރު ފުރައިގެން ފުރަ މާލެ އަށް އައީ ގައުމީ ދިފާއުގައި."
ކަމަދޫ އިލެކްޝަނުގައި ޕީޕީއެމް ބަލިވުމުން ފާޑުކިޔަމުން ވެސް ބައެއް މީހުން ބުނެފައި ވަނީ "އިންތިހާބުގައި ފިނިފެންމަލަށް ނޫނެކޭ" ބުނެފައިވާ ކަމަށެވެ. ސައީދު ވިދާޅުވި ފިނިފެންމާ ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ބައެއް މީހުން ލިއެފައިވެ އެވެ.
"ކަމަދޫން ފިނިފެންމާ ބަލިވީ. ޓީމު ތަރައްގީ ރޮއްވާލީ،" އެކަކު ކުރި ޓުވީޓެއްގައިވެ އެވެ.
Raiy finifenmaa. Farivumuge kurin araamu libigannanjehey. Bageechaain lazzathu libigannavaa. pic.twitter.com/cFQozumaog
— Niyaz Ibrahim (@niyaz_ibrahim) August 20, 2017
ސައީދަށް ފާޑުވިދާޅުވެ ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ކުރެއްވި ޓުވީޓެއް.
ސައީދު ފިނިފެންމާއާ ގުޅުވައި ތައުރީފް ކުރެއްވި ފަހުން "މާ ވިއްކާ ފިހާރަތަކުން ފިނިފެންމާ ނުވިކޭ" ކަމަށް ބުނެ ވެސް ބައެއް މީހުން ޖޯކު ޖަހާފައިވެ އެވެ.
ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުން ގޮސް މިނިސްޓަރު ސައީދު "މާބޮޑުވަރުވެ" ފާޑުކިއުން އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ޓުވީޓެއް ކޮށްލާނެ ޕީޕީއެމް މީހަކު ނެތް ކަަމަށް ބުނެ ވެސް އިދިކޮޅު ސަޕޯޓަރުން ގެންދަނީީ ޖޯކު ޖަހަމުންނެވެ.
ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު:ސައީދު
އިދިކޮޅަށް ކާމިޔާބު ނުލިބެނީ މިސްރާބެއް ނެތީމަ: ސައީދު
ކާން ދޭ އަތުގައި އަޅުގަނޑު ދަތް އެޅިން: ސައީދު
ރައީސް ޔާމީނަކީ ގައުމުގެ ބޮޑުތަކުރުފާނު: ސައީދު
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ރާޅާ އަޅާ މީހުންނަށް ތަނބުރުދޫ ތަރައްގީކުރަނީ
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް