Roadha Mihaaru
ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެއްރެއިން 32 މަރު

ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެއްރެއިން 32 މީހުން މަރާލައިފި

17 އޯގަސްޓް 2017

މެނީލާ (އޮގަސްޓް 17) - ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެއް ޕްރޮވިންސްއަކުން އެއްރޭ މަތިން ދިން ހަމަލާގައި 32 މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (އޮގަސްޓް 17) - ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެއް ޕްރޮވިންސްއަކުން އެއްރޭ މަތިން ދިން ހަމަލާގައި 32 މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވެރިރަށް މެނީލާގެ އުތުރުން އޮންނަ ބަލުކަން ޕްރޮވިންސްގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގީ ޑްރަގު ޑީލަރުން އަތުލައި ގަތުމަށެވެ.

ފިލިޕީންސްގެ ވެރިކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ވަޑައިގަތުމަށް ފަހު ރައީސް ރޮޑްރިގޯ ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ކެމްޕޭނެއް ފައްޓަވައިފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޑުޓާޓެ ވަނީ ޑްރަގު ޑީލަރުން ގަޔަށް ބަޑިޖަހާ މަރަން އަމުރުކޮށްފަ އެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 3،400 މީހުން މަރައިފަ އެވެ.

ޑްރަގާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި 32 މީހުން މަރާލުމުން ޑުޓާޓެ ވަނީ ފުލުހުންނަށް ތައުރީފް ކުރައްވައިފަ އެވެ.

"ކޮންމެ ދުވަހަކު ވެސް 32 ޑްރަގު ޑީލަރުން މަރާ ނަމަ މި ވަބާއިން ގައުމު ސަލާމަތް ކުރެވޭނެ،" ޑުޓާޓެ ވިދާޅުވި އެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަރާލި މީހުންގެ އިތުރުން 107 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.