28 ޑިސެމްބަރ 2016
މެނީލާ (ޑިސެމްބަރު 28) - މަސްތުވާތަކެތި އަތުލައިގަތުމަށް ފިލިޕީންސް ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި އެއް ޓަނުގެ މެތަމްފެޓަމިން އަތުލައިގެންފި އެވެ.
މެނީލާ (ޑިސެމްބަރު 28) - މަސްތުވާތަކެތި އަތުލައިގަތުމަށް ފިލިޕީންސް ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި އެއް ޓަނުގެ މެތަމްފެޓަމިން އަތުލައިގެންފި އެވެ.
ޖަސްޓިސް ސެކްރެޓަރީ ވިޓަލިއާނޯ އަގުއެރީ ވިދާޅުވީ މިއީ ފިލިޕީންސްގެ ތާރީހުގައި ވެސް އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތި ކަމަށެވެ. މި ތަކެތީގެ މަގުމަތީގެ އަގު 147 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަސްތުވާ ތަކެތި އަތުލައިގަތުމަށް ފަހު 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ވެރިރަށް މެނީލާ އިންނެވެ. އެއް ޓަނުގެ މަސްތުވާތަކެތި އަތުލައިގަތުމުގެ އެއް ދުވަސް ކުރިން މެނީލާ އިން ވަނީ 560 ކިލޯގެ މެތަމްފެޓަމިން އަތުލައިގެންފަ އެވެ. މި ތަކެތީގެ އަގު 67 މިލިއަން ޑޮލަރަށް އަރަ އެވެ.
ފިލިޕީންސްގެ ރައީސް ކަމަށް ރޮޑްރިގޯ ޑުޓާޓެ ވަޑައިގަތުމަށް ފަހު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައިފަ އެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ފުލުހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކައިފި ނަމަ ބަޑި ޖެހުމަށް ޑުޓާޓެ ވަނީ އަމުރު ކުރައްވައިފަ އެވެ. މި އަހަރުގެ ޖުލައި މަހުގެ ފަހުން މިހާތަނަށް ވަނީ 6،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ޝަރީއަތް ކުރުމާ ނުލައި މަރާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ޑުޓާޓެ އަށް ދަނީ ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ޑުޓާޓެގެ ޑްރަގު ހަނގުރާމައިގައި 20،000 މަރު
ފިލިޕީންސްގައި މީހުން މަރާ މައްސަލަ އައިސީސީ އަށް
ކުށްވެރިވެއްޖެ ނަމަ ދަރިފުޅު ނަމަވެސް މަރާނަން: ޑުޓާޓެ
އެންމެ ފަހުން ޑުޓާޓެގެ ދަރިއަށް ޑްރަގު ވިޔަފާރީގެ ތުހުމަތު
ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެއްރެއިން 32 މަރު
ޑްރަގާ ދެކޮޅު ހަނގުރާމައިގައި މޭޔަރަކު އަވަހާރަކޮށްލައިފި
ބަޑީގެ ވަޒަނަކުން ޑްރަގު ނުހުއްޓުވޭނެ
ޑުޓާޓެ އަށް ފާޑުކިޔާ މީހާ އަށް ޑްރަގުގެ ދައުވާ ކޮށްފި
ފުލުހުންގެ ތެރެ ސާފުވަންދެން ޑްރަގު ހަނގުރާމަ މަޑުޖައްސާލަނީ