Roadha Mihaaru
ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ، ކުޑަކުއްޖާ މޯޗަރީގައި

ޓެސްޓުތަކުގެ ނަތީޖާ އަދިއެއް ނުލިބޭ، ކުޑަކުއްޖާ މޯޗަރީގައި

10 އޯގަސްޓް 2017

ނ. މާޅެންދޫގައި "ދަންޖެހިގެން" މަރުވި ކަމަށް ބުނާ އުމުރުން 11 އަހަރުގެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް އައިޖީއެމްއެޗުން ޓެސްޓުތަކެއް ހަދައިފި އެވެ. އެކަމަކު އެ ކުއްޖާ އަދިވެސް އޮތީ މޯޗަރީގައި ބާއްވާފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. މާޅެންދޫގައި "ދަންޖެހިގެން" މަރުވި ކަމަށް ބުނާ އުމުރުން 11 އަހަރުގެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް އައިޖީއެމްއެޗުން ޓެސްޓުތަކެއް ހަދައިފި އެވެ. އެކަމަކު އެ ކުއްޖާ އަދިވެސް އޮތީ މޯޗަރީގައި ބާއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި، މާޅެންދޫ ސްކޫލުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އައި އެ ދަރިވަރު ވަޅުލާނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ. އެހެންވެ، އޭނާ ވަޅުލާނެ އިރެއް އަދި ނުނިންމަ އެވެ.

އިއްޔެ ހެނދުނު ކުޑަކުއްޖާ މާލެ ގެނައީ، އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގު ކުރުމަށެވެ.

ކުޑަކުއްޖާ "ދަންޖެހިފައި" ހުރި ކަމަށް ވަނީ އެ ގޭގެ ކޮޓަރިއެއްގެ ދޮރުގެ ތަޅެއްގަ އެވެ. އެކަމަކު އެ މަންޒަރު ފެނުނު ކަމަށް ވަނީ ހަމައެކަނި އެ ކުއްޖާގެ މަންމަ އަށެވެ.

އެ ގޭގެ އަވައްޓެރިއަކު ބުނިގޮތުގައި އެ ކުއްޖާ މަރުވެފައި އޮތްއިރު، އޭނާގެ ކަރުގައި އެއްޗެއް އައްސާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އެކަމަކު ދަން ޖެހިފައި ހުރި މަންޒަރު ސީދާ އޭނާ އަށް ފެނިފައި ނުވާތީ، އެއީ ދަންޖެހިގެން ލިބިފައިވާ ޒަހަމްތަކެއް ކަމަކަށް އޭނާ ނުބުނެ އެވެ.

އޭނާ ބުނީ އާއިލާގެ ތެރޭގައި ވެސް އަދި ބޭރުގައި ވެސް އެ ކުއްޖާގެ އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށާއި އެހެންވެ، އޭނާ މަރުވި ސަބަބު ލަފާކޮށްލަން ވެސް ނޭނގޭ ކަމަށެވެ.