27 މެއި 2018
އިރުފުށި ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ، ނ. ހޮޅުދޫ ވިނަރެސް، އަހުމަދު އަދީލް 26، އޭނާގެ ރަށަށް އިއްޔެ ދިޔައީ ލިބުނު ޗުއްޓީ ދުވަހު އާއިލާ އާއި ގާތް އެކުވެރިންގެ ގާތުގައި ހޭދަކުރާށެވެ. އެ ރަށުގައި އަދީލްގެ އެންމެ ގާތް އެކުވެރިއަކީ އެ ރަށު ގުލްދަސްތާގޭ ހުސްނާ މުހައްމަދު، 26، އެވެ.
އިރުފުށި ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ، ނ. ހޮޅުދޫ ވިނަރެސް، އަހުމަދު އަދީލް 26، އޭނާގެ ރަށަށް އިއްޔެ ދިޔައީ ލިބުނު ޗުއްޓީ ދުވަހު އާއިލާ އާއި ގާތް އެކުވެރިންގެ ގާތުގައި ހޭދަކުރާށެވެ. އެ ރަށުގައި އަދީލްގެ އެންމެ ގާތް އެކުވެރިއަކީ އެ ރަށު ގުލްދަސްތާގޭ ހުސްނާ މުހައްމަދު، 26، އެވެ.
ރޭ މެންދަމު ދެ މީހުން އެކުގައި ސައިކަލް ބުރަކަށް ނުކުތް އިރު ވެސް، އެއީ އެ ދެ މީހުންގެ ވަދާއީ ސައިކަލް ބުރަށް ވެދާނެ ކަމަށް ހިޔެއް ނުކުރާނެ އެވެ. އަދި ދެ މީހުންގެ ނިމުން، މިހާ ހިތްދަތި ގޮތަކަށް އަތުވެދާނެ ކަމަށް އެ ރަށުގެ އެކަކު ވެސް އުންމީދެއް ނުކުރެ އެވެ. ހުސްނާ އާއި އަދީލް އެކްސިޑެންޓެއްގައި ރޭ ދަންވަރު މަރުވި ހަބަރާއެކު، އެ ރަށުގެ މީހުންނަށް ކުރިމަތިވީ ފުން ހިތާމައެކެވެ. އާއިލާގެ މެމްބަރުންނާ ރަހްމަތްތެރިން އަދިވެސް ތިބީ ޝޮކެއްގަ އެވެ.
ރަށު ބަނދަރު ސަރަހައްދުން ބާރު ސްޕީޑުގައި ދިޔަ އިރު ސައިކަލު ދުއްވަން އިނީ ހުސްނާ ކަމަށް އެ ރަށު ބައެއް މީހުން "މިހާރު" އަށް ކިޔައިދިނެވެ. އަދި ސައިކަލް ފަހަތުގައި އިނީ އަދީލެވެ.
ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބާރު ސްޕީޑްގައި ހުސްނާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ އެ ރަށު ބަނދަރުގެ އެއްގަމު ތޮށިގަނޑުގަ އެވެ. އެއާއެކު، ދެ މީހުން ވެސް ވިއްސައިގެން ގޮސް ތޮށިގަނޑު މަތީގައި ޖެހުމާ އެކު ވެއްޓުނީ މޫދަށް ކަމަށް އޭނާ ބުންޏެވެ. ދެ މީހުން މޫދަށް ވެއްޓުނު މަންޒަރު، ބަނދަރު ކައިރީގައި ތިބި މީހުންނަށް ފެނުނީ ހުސްނާ އާއި އަދީލް ހަޅޭއްލަވައިގަތް އަޑަށެވެ.
ހޮޅުދޫ ފަޅުތެރެއަށް ރޭ ދަންވަރު ވެއްޓުނު ސައިކަލް. ސައިކަލް ދުއްވަން އިން ދެ ޒުވާނުން ވެސް ވަނީ މަރުވެފައި.
"ވާޓަރުގައި ބޯ ޖެހިފައި، ދެ މީހުން ގޮސް ވެއްޓުނީ މޫދަށް. މޫދުން ނެގި އިރު ހުސްނާގެ މޫނު ވަރަށް ބޮޑަށް ފަޅައިގެން ގޮސް، ސިފަ ވަކި ނުވާ ވަރަށް ޒަޚަމްވެފައި ހުރީ،" އެ މީހާ ކިޔައިދިނެވެ.
"ދެ މީހުން ވެއްޓުނު ދިމާލަށް ދިޔަ އިރު، އެކަކު އޮތީ އަޑީގައި. އަނެކަކު އޭރު އަޑި އަށް ދަނީ. ދެ މީހުން ނެގި އިރު، އެއްވެސް މީހެއްގެ ހަރަކާތެއް ނެތް. ބޮލުންނާއި މޫނުން ލޭތައް ފައިބަނީ،"
ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ ހުސްނާ އަކީ ބެޑްމިންޓަން، ނެޓްބޯލް އަދި ބަށި ކުޅެން ވަރަށް މޮޅު ޒުވާނެއް ކަމަށެވެ. އަދި ރަށުގައި ބާއްވާ މުބާރާތްތަކުގައި އެއް ވަނަ ހޯދަމުން އަންނަ ފާހަގަކޮށްލެވޭ ޒުވާނެއް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އަދީލާއި ހުސްނާގެ ކުއްލި މަރަށް ފަހު، އެ ރަށު ރައްޔިތުންނަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް، ހުސްނާ އަކީ އެ ރަށު ގިނަ މީހުން ދަންނަ މޫނެކެވެ.
ހޮޅުދޫގައި ބޭއްވި މުބާރާތަކުން ވަނަ ހޯދި ހުސްނާ، އިނާމާ ހަވާލުވަނީ.
މުހައްމަދު ނަސީރު ވެސް ވިދާޅުވީ ހުސްނާ އާއި އަދީލަކީ ވަރަށް ގާތް ދެ ރަހްމަތްތެރިން ކަމަށާއި ދެ މީހުން އެކުގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ދެ މީހުންނަކީ އަހުލާގު ރަނގަޅު، ހިތް ހެޔޮ، އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރާ ދެ ޒުވާނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ މީހުންނަށް ވެސް ފެންނާނެ ހުސްނާ އާއި އަދީލް އެކުގައި އުޅޭ ތަން. އަދީލް އިއްޔެ ރަށަށް އައީ އޯވާނައިޓަށް،" ކައުންސިލަރު ވިދާޅުވި އެވެ.
ހުސްނާ މަރުވިއިރު، އޭނާ އުޅެނީ މީހަކާ އިނދެގެންނެވެ. އަދި ދެމަފިރިންނަށް ފަސް އަހަރުގެ ފިރިހެން ދަރިފުޅެއް ހުރެ އެވެ. އަދްލީ އުޅެނީ ކައިވެންޏެއް ނުކޮށެވެ.
ދެ މީހުންގެ ޖަނާޒާ ބޭއްވީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ.
ފުލުހުން ބުނީ ދެ ޒުވާނުން އެކްސިޑެންޓުވި ކަމުގައި މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:30ވި ފަހުން ކަމަށާއި ދެ ޒުވާނުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސައިކަލާއެކު މޫދަށް ވެއްޓި އަންހެނަކާއި ފިރިހެނަކު މަރު
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
މަރުވީ ކާރެއް ނަގަންދިޔަ ފުލުހުންގެ ޕިކަޕްގައި ޖެހިގެން
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ