Roadha Mihaaru
ހުއްދަ ނެތި ޓުއާ ގައިޑް ކަން ކުރުމުގެ ޖޫރިމަނާ ކުޑަކޮށްފި

ހުއްދަ ނެތި ޓުއާ ގައިޑްކަން ކުރާ މީހުންނަށް ކުރާ ޖޫރިމަނާތައް ކުޑަކޮށްފި

03 އޯގަސްޓް 2017

ރާއްޖެ އަންނަ ޓޫރިސްޓުންގެ ޓުއާ ގައިޑް ކަން ހުއްދަ ނެތި ކުރާ މީހުންނަށް ކުރަމުން އައި ޖޫރިމަނާތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ކުޑަކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަންނަ ޓޫރިސްޓުންގެ ޓުއާ ގައިޑް ކަން ހުއްދަ ނެތި ކުރާ މީހުންނަށް ކުރަމުން އައި ޖޫރިމަނާތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ކުޑަކޮށްފި އެވެ.

ޓުއާ ގައިޑުންގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހުއްދަ ނެެތި ޓުއާ ގައިޑް ކަން ކުރާ ފުރަތަމަ ފަހަރު 25،000ރ. އިން ޖޫރިމަނާ ކުރެވޭއިރު ދެވަނަ ފަހަރު 50،000ރ. އިން އަދި ތިން ވަނަ ފަހަރު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ،

އެކަމަކު އެ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހުއްދަ ނެތި ޓުއާ ގައިިޑް ކަން ކޮށްފި ނަމަ އެންމެ ބޮޑު އަދަދަށް ވެސް ޖޫރިމަނާ ކުރެވޭނީ 15،000ރ. އިންނެވެ. ޖޫރިމަނާ ކުރެވޭނީ ފުރަތަމަ ފަހަރު 5،000ރ. އިން އަދި ދެވަނަ ފަހަރު 10،000ރ. އިން އަދި ތިން ވަނަ ފަހަރު 15،000ރ. އިން ކަމަށް އެ އިސްލާހުގައިވެ އެވެ.

ހުއްދަ ނެތި ޓުއާ ގައިޑްކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އާންމު ކުރެ އެވެ.