Roadha Mihaaru
ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުން މީހަކު ހޯދައިފި

އެކަނި ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުން މީހަކު ހޯދައިފި

28 ޖުލައި 2017

ޑިންގީއެއްގައި ކ. މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑިންގީއެއްގައި ކ. މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

އުމުރުން 54 އަހަރުގެ މި މީހާ 17 ފޫޓުގެ ޑިންގީގައި އެކަނި ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަން ފެށިތާ ދެ ގަޑިއެއްހާއިރު ފަހުން ފެނުނީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާ ހިސާބުން ކަމަށް ކޯސްޓް ގާޑުން ބުންޏެވެ. އެތަނުން ބުނީ ފެނުނުއިރު އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހާ ގެއްލުނީ ދަތުރު ކުރުމުގައި އެރި އޮޅުމަކުން ކަމަށް އެ މީހާ ބުނެ އެވެ.

ގެއްލުން މީހާ ހޯދަން ކޯސްޓްގާޑްގެ ތިން އުޅަނދެއް ބޭނުން ކުރިއިރު އެ ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކުގެ އެހީތެރިކަމަށް ވެސް އެދުނު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގަމުންދާއިރު މިއަދު މެންދުރު ވެސް ވަނީ ލޯންޗެއް އަޑިއަށް ގޮސްފަ އެވެ. އެ ލޯންޗުން ދަތުރުކުރި އެންމެން ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.