Roadha Mihaaru
ކޮޅުވެއްޓިއެއް ހަ މީހުންނާ އެކު ގެއްލިގެން ހޯދަނީ

ކޮޅުވެއްޓިއެއް ހަ މީހުންނާ އެކު ގެއްލިގެން ހޯދަނީ

18 މެއި 2017

ކ. ތުލުސްދޫން ހަ މީހުންނާ އެކު މީގެ ދެ ދުވަސް ކުރިން ލ. ގަމަށް ފުރި ކޮޅުވެއްޓިއެއްގެ ޚަބަރެއް ނުވެގެން މިއަދު ހޯދަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ތުލުސްދޫން ހަ މީހުންނާ އެކު މީގެ ދެ ދުވަސް ކުރިން ލ. ގަމަށް ފުރި ކޮޅުވެއްޓިއެއްގެ ޚަބަރެއް ނުވެގެން މިއަދު ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސެނޯކް ޕްރައިވެޓް ލިމިޓެޑްގެ މި ކޮޅުވެއްޓީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ދަތުރުކުރި އެވެ. އެ ދެ ދިވެހިންނަކީ ދެމަފިރިންނެވެ.

"މާރިޔާ 3" ނަމަކަށް ކިޔާ މި ކޮޅުވެއްޓީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ޚަބަރެއް ފަހުން ނުވެގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި 168 ފޫޓުގެ މި އުޅަނދުގެ ހަލްގައި ލާފައި ވަނީ ފެހި ކުލައިގެ ދަވާދެވެ. އަދި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު، މަތީގައި ރަތް ދަވާދެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވެފައި ވާއިރު ދަތުރުކޮށް އުޅުމުގައި ސަމާލުވުމަށް، މޫސުމާ ބެހޭ އިދާރާ އާއި ކޯސްޓް ގާޑުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ކަނޑު ގަދަވުމުގެ ސަބަބުން މިއަދު ވެސް ވަނީ ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައި ބައެއް އުޅަނދުތަކަށް ގެއްލުން ވެފަ އެވެ.