21 މެއި 2017
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުގަދަވެ، އެކި ހާދިސާތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށް ކޯސްޓް ގާޑުން ބުނެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުގަދަވެ، އެކި ހާދިސާތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށް ކޯސްޓް ގާޑުން ބުނެފި އެވެ.
މާލެ ސަރަހައްދަށް މިއަދު ހަވީރު ކޮޅިގަނޑަށް ޖެހުނު ވަގުތު، ސަމަ އައިލެންޑް ރިސޯޓުން 27 ޓޫރިސްޓުންނާ އެކު ދަތުރުކުރި ލޯންޗެއް ދިޔަވާން ފެށުމުން ކޯސްޓުގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ލޯންޗް ދިޔަވާން ފެށިކަން އަންގާފައި ވަނީ މިރޭ އެ ރިސޯޓުން ފުރައިގެން މާލެ އަންނަނިކޮށް ތުޅާގިރި ރިސޯޓު ކައިރިން ކަމަށެވެ.
"ކޯސްޓްގާޑުން މިހާރު ދަނީ އެ ލޯންޗް ކައިރީގައި ހަރަކާތްތެރިވަމުން. އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެެއް އެނގިފައެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކޯސްޓް ގާޑުން މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ލޯންޗުގައި ތިބި މީހުން ހުޅުލެއަށް ގެންދިއުމަށެވެ.
އަދި ހުޅުމާލޭ ފަޅުތެރޭގައި އޮތް "ފާތިމާ" ކިޔާ ސަފާރީއަކަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަފާރީއަށް ވެސް އެހީތެރިވަމުން އަންނަ ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މެދުރާއްޖެތެރެ އަށާއި އުތުރަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހި އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 15-25 މޭލު ބާާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް އާއްމުގޮތެއްގައި ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދު ކަމަށް ވެސް މެޓް އޮފީހުން ބުންޏެެވެ. އަދި ވިލާގަނޑުގައި 35-45 މޭލު ބާރުމިނުގައި ވައި ޖެހޭނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ކަނޑު ގަދަވެ ވިއްސާރަކުރާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް، މޫސުމާ ބެހޭ އިދާރާ އާއި ކޯސްޓް ގާޑުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މިދިޔަ ހަފުތާއިން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ގަދަ ވަޔާއި ވިއްސާރައާ އެކު ބައެއް ރަށްރަށަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ. އަދި ކަނޑު ގަދަވެ ބައެއް އުޅަނދުތައް އަޑިއަށް ގޮސްފައިވެ އެވެ.
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
އޮޔާ ދިޔަ ޑިންގީއަކުން ބިދޭސީންތަކެއް ސަލާމަތްކޮށްފި
ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުން މީހަކު ހޯދައިފި
ލޯންޗެއް އަޑިއަށް ގޮސް، ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ކަޓަމަރާނެއްގައި ނުކުތް ބިދޭސީއަކު ގެއްލިގެން ހޯދަނީ
ކޮޅުވެއްޓިއެއް ހަ މީހުންނާ އެކު ގެއްލިގެން ހޯދަނީ
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ
ލޯންޗެއްގެ ބެޓެރި ގޮވައި ހަ މީހަކު ޒަހަމްވެއްޖެ