Roadha Mihaaru
ސަންގު ޓީވީގެ ނޫސްވެރިޔަކު ފުލުސް އޮފީހަށް ހާޒިރުކުރަނީ

ސަންގު ޓީވީގެ ނޫސްވެރިއަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

27 ޖުލައި 2017

ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ ހަވީރު ފަހެއް ޖަހާއިރަށެވެ.

ސަންގު ޓީވީން ބުނި ގޮތުގައި ޔާމީނަކީ، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވި ނޫސްވެރިއެކެވެ.

ރޭގެ އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާކޮށް، އެ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ސަންގު ޓީވީގެ ޔާމީން ވެސް ހިމެނެ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މީޑިއާތަކުގެ ފިއްތުންތަކުގެ ތެރޭގައި އެ ނޫސްވެރިން މާ ގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ހަތް ނޫސްވެރިޔަކު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކާއި ސަންގު ޓީވީގެ ހަތަރު ނޫސްވެރިއެކެވެ.

ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާކުރަމުން ދާއިރު، އެ ހަރަކާތްތައް ކަވަރު ކުރުމުގައި ފުލުހުންގެ ނޫސްވެރިންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ.

ފުލުހުންނަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއް ސާބިތު، ދެ ނޫސްވެރިން މީގެ ކުރިން ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.