27 ޖުލައި 2017
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ހައްޔަރުކުރި ނޫސްވެރިންނާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން ބައްދަލުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ހައްޔަރުކުރި ނޫސްވެރިންނާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން ބައްދަލުކޮށްފި އެވެ.
އިދިކޮޅު އެއްވުން ކަވަރު ކުރަމުން ދިޔަ ބައެއް ނޫސްވެރިން ހައްޔަރުކޮށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ. ކުށެއް ދެއްކުމެއް ނެތި އަދި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮގެން ހައްޔަރުކުރި މި ނޫސްވެރިން ރޭ ދޫކޮށްލާފައި ވަނީ އެމްއެމްސީ އާއި މީޑިއާގެ ފިއްތުންތަކާ އެކު އެވެ.
ފުލުހުން ރޭ ހައްޔަރުކުރި ސަންގު ޓީވީގެ ހަތަރު ނޫސްވެރިންނާއި، ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ވަނީ އެމީހުންގެ ޝަކުވާތައް އެމްއެމްސީގެ މެމްބަރުންނާ މިއަދު ހިއްސާކޮށްފަ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ޝަކުވާއަކަށްވީ އެމީހުން ހައްޔަރު ކުރުމަށް ވުރެ ބޮޑަށް، އެއްވުން ކަވަރު ކުރުމަށްޓަކައި ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދީ، އަނިޔާ ކުރުމުންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައި ނުވާ ކަމަށް އެ ނޫސްވެރިން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޫސްވެރިން ފާހަގަކުރީ އެމީހުން ހައްޔަރުކޮށްގެން ގެންދާ ފަދަ މާހައުލެއް ނެތޭ އޭރު. އަނެއްކާ ބަޔަކު އެއްވެ، ކަންތައްތަކެއް ވެސް ނުހިންގައޭ،" އެމްއެމްސީގެ މެމްބަރު ވިދާޅުވި އެވެ.
ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްއެމްސީ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް އަމަލު ނުކުރުމަށް ފުލުހުންނާ ވާހަކަ ދައްކާނެ ކަމަށް އަޅުގަނޑުމެން ނޫސްވެރިންނަށް ޔަގީންކަން ދިނިން،" މެމްބަރު ވިދާޅުވި އެވެ.
ރޭ ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން ދެން އެންމެ ބޮޑަށް އަނިޔާވީ ސަންގު ޓީވީގެ ނޫސްވެރިޔާ އާދަމް ޖަނާހަށެވެ. އޭނާގެ މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށް ސަންގު ޓީވީން ބުންޏެވެ.
މިއީ މިފަހުގެ ތާރީޚެއްގައި ނޫސްވެރިންނަށާއި އެ މީހުން ގެންގުޅޭ މީޑިއާ އިކުއިޕްމަންޓްތަކަށް ފުލުހުން ގެއްލުން ދިން ފުރަތަމަ ފަހަރެވެ.
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
ދެ ފުލުހެއްގެ މައްސަލަ ބަލައިދޭން އެންއައިސީ އަށް
ސަންގު ޓީވީގެ ނޫސްވެރިޔަކު ފުލުސް އޮފީހަށް ހާޒިރުކުރަނީ
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ބަލަން ފަށައިފި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!