Roadha Mihaaru
ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

24 ޖުލައި 2017

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމަށް އަރަބި ލީގުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމަށް އަރަބި ލީގުން ބުނެފި އެވެ.

އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫ އަލް ޣައިތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގުދުސްގެ މުގައްދަސް ތަންތަނުގައި އިޒްރޭލުން މިހާރު ހިންގާ އަމަލުތައް އެއްވެސް އަރަބި އަދި މުސްލިމް ގައުމަކަށް ގަބޫލް ނުކުރެވޭނެ ކަމަށެވެ.

އަލްގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން މެޓަލް ޑިޓެކްޓަރު ހަރު ކުރުމާ ގުޅިގެން ގުދުސްގައި ވަނީ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ. އަބޫ ޣައިތު ވިދާޅުވީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން އަރަބި އަދި މުސްލިމް ދުނިޔޭގެ ކަންބޮޑުވުން އިތުރުވާނެ ކަމަށެވެ.

އެކަމަކު މުސްލިމުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އިޒްރޭލުން އިއްޔެ ވަނީ އަގްސާ މިސްކިތުގެ ބައެއް ދޮރޯށިތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފަ އެވެ.

އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ އިޒްރޭލުން ކުރާހާ ކަމެއް ބަލަން އިސްލާމީ ދުނިޔެ މަޑުން ނޯންނާނެ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގުދުސްގައި ހިންގާ ހަމަނުޖެހުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފަ އެވެ.