23 ނޮވެމްބަރ 2022
ގުދުސްގެ ދެ ބަސް ސްޓޮޕެއްގައި ބާރު ގަދަ ދެ އެއްޗެއް މިއަދު ހެނދުނު ގޮއްވާލައި އެކަކު މަރާލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.
ގުދުސްގެ ދެ ބަސް ސްޓޮޕެއްގައި ބާރު ގަދަ ދެ އެއްޗެއް މިއަދު ހެނދުނު ގޮއްވާލައި އެކަކު މަރާލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.
މި ހާދިސާގައި ޒަޚަމްވި މީހުން ގެންދިޔަ އިޒްރޭލުގެ ހޮސްޕިޓަލުތަކާއި އިޒްރޭލު ފުލުހުންނާ ހަވާލީ ނޫސްތަކުން ބުނެފައިވަ ގޮތުގައި، މި ދެ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު މިހާތަނަށް 25 އަށް އަރާފައިވާ އިރު، އޭގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުން ވެސް ހިމެނެ އެވެ. ބައެއް މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.
⭕️ breaking: the moment the explosive was set off during the first terror attack in Jerusalem this morning. The bomb was remote controlled from a far with shrapnel. pic.twitter.com/t8R3lKcCx5
— Chaim • חיים (@ChaimSmierc) November 23, 2022
އިޒްރޭލު ފުލުހުން ބުނީ މިއީ ފަލަސްތީނުގެ ބަޔަކު ދިން ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ، އަމިއްލައަށް ބަޔަކު އުފައްދާފައިވާ ގޮވާ އެއްޗެއް ބޭނުންކޮށްގެން ކަމަށާއި، އެ އެތި ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ގުދުސްގައި މި ދެ ހަމަލާ ދިނީ، ހުޅަނގު އައްސޭރީގެ ނާބުލްސްގައި އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލިތާ ގަޑިއެއްހާއިރު ފަހުންނެވެ. މިއީ އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު ގުދުސްގައި ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.
މީގެ ތެރެއިން ފުރަތަމަ ހަމަލާ ދިނީ ގުދުސް އިން ބޭރަށް ނުކުމެވެން އޮންނަ ހައިވޭ އަށް ނުކުމެވޭ ސަރަހައްދުގައި ހުރި ބަސް ސްޓޮޕެއްގަ އެވެ. މިއަދު ދިން ދެ ހަމަލާގެ ތެރެއިން އެންމެ ގިނަ މީހުން ޒަޚަމްވީ ވެސް، އާންމު ގޮތެއްގައި ވެސް ކާރުބާރު ބޮޑު އެ ބަސް ސްޓޮޕްގައި ދިން ހަމަލާގަ އެވެ.
ނޮވެމްބަރ 23، 2022: ގުދުސްގެ ބަސް ސްޓޮޕެއްގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން، އިޒްރޭލު ފުލުހުން އެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ
އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކަށް އަރައިގަނެ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 19 މީހުން ޝަހީދުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އާއި ގުދުސްގައި އިޒްރޭލު ސިފައިން މިއަހަރުގެ ތެރޭގައި ދިން އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 130 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.
މިއީ އިޒްރޭލު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި، 2006 ވަނަ އަހަރަށް ފަހު، ފަލަސްތީނުން އެންމެ ގިނަ މީހުން ޝަހީދުވި އަހަރެވެ. ފަލަސްތީނު މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 25 މީހަކު ވެސް މިއަހަރުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
އިޒްރޭލުގައި އަލަށް އެކުލަވައިލާ ސަރުކާރުގެ ދާޚިލީ ވަޒީރުގެ މަގާމަށް އައްޔަން ކުރާނެ ކަމަށް ބެލެވޭ، ޔަހޫދީ ހަރުކަށި ފިކުރުގެ އިތަމާރު ބެން-ގްވީރު ވިދާޅުވީ، މިއަދު ދިން ފަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި ފަލަސްތީނު މީހުންނާ ދެކޮޅަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފައިވަނީ، މިއަދު ދިން ހަމަލާއަކީ ވަރަށް ހިތްވަރުގަދަ ބަޔަކު ތަންފީޒު ކުރި ފުރިހަމަ ހަމަލާއެއް ކަމަށެވެ. މިއަދު ދިން ދެ ހަމަލާގެ ޒިންމާ އުފުލުމެއް ނެތި، ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތަކުގެ އަގު އިޒްރޭލުން މިހާރު އެދަނީ ދައްކަމުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ 4 މީހަކު ޝަހީދުކޮށްލައިފި
ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް
ބައި މީހެއްގެ ހިތްވަރަށް ވެސް ޔަހޫދީންނަށް ކެތެއްނުވި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޣައްޒާގެ ދެބައިކުޅަ އެއްބައި ތިބީ ހައިހޫނުކަމުގައި