13 ޑިސެމްބަރ 2023
ޣައްޒާގެ ބިމު އަޑީގައި ފަލަސްތީނުގެ މުޖާހިދުން ފިލައި ތިބުމަށް ހަދާފައިވާ ބިންގަރާސްތަކަށާއި ބިންގަރާސް މަގުތަކަށް މޫދު ލޮނު އަޅައި، އެ ތަންތަނުގައި ތިބި މުޖާހިދުން ގަންބައި މަރައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ޣައްޒާގެ ބިމު އަޑީގައި ފަލަސްތީނުގެ މުޖާހިދުން ފިލައި ތިބުމަށް ހަދާފައިވާ ބިންގަރާސްތަކަށާއި ބިންގަރާސް މަގުތަކަށް މޫދު ލޮނު އަޅައި، އެ ތަންތަނުގައި ތިބި މުޖާހިދުން ގަންބައި މަރައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އެމެރިކާ އިން ބުނި ގޮތުގައި ބިންގަރާސްތަކުގައި ފިލައި ތިބި މުޖާހިދުން ނައްތައިލުމަށް، އެ ތަންތަނަށް މޫދު ލޮނު އަޅަން ފަށާފައިވާކަން އިޒްރޭލުން މި ހަފުތާގެ ކުރީކޮޅު އެމެރިކާ ސަރުކާރަށް އެންގި އެވެ. އަދި މިކަން ފެށީ އަޖުމަ ބެލުމުގެ ގޮތުން ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.
ޣައްޒާގެ ބިމު އަޑީގައި ހަމާސް އާއި މުޖާހިދުންގެ އެހެން ޖަމާއަތްތަކުން ހަދާފައިވާ ބިންގަރާސް މަގުތަކުގެ ދިގުމިނާއި ފުންމިނަށް ބަލާއިރު، މޫދުން ޕަމްޕު ކުރާ ލޮނު އަޅައިގެން އެ ބިންގަރާސްތައް ފުރައިލަން ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. އަދި މިކަން ކުރެވިދާނެތޯ ބެލުމުގެ ގޮތުން މިދިޔަ މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ވަނީ، މެޑްޓެރޭނިއަން ކަނޑުން، ޣައްޒާގެ އެއްގަމަށް މޫދު ލޮނު ފޮނުވުމަށް ފަސް ޕަމްޕެއް ބަހައްޓައިގެން މަސައްކަތް ފަށައިފަ އެވެ.
މުޖާހިދުންގެ ބިންގަރާސްތަކަށް މޫދު ލޮނު އެޅުމުގައި ބޭނުންކުރަނީ އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ ބިޔަ ޕަމްޕުތަކެކެވެ. މި އުކުޅު ބޭނުންކުރަން އިޒްރޭލުން ނިންމީ، މުޖާހިދުން ހޯދުމަށްޓަކައި ބިންގަރާސްތަކަށް ވަންނަން މަސައްކަތް ކުރާ އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާތީ އެވެ.
ބިންގަރާސްތަކަށް ވަންނަ ދޮރެއް ފެނިގެން އެ ތަނަކާ ކައިރިވާ އިރު، ފަލަސްތީނުގެ މުޖާހިދުން ހުންނަނީ އެތަންތަނުގައި ގޮވާތަކެތި ހަރުކޮށް ގޮއްވައިލަން ތައްޔާރުކޮށްފަ އެވެ. އެ ގޮތަށް ހަރުކޮށްފައި ހުރި މައިންތައް ގޮވުމުގެ ސަބަބުން ވެސް އިޒްރޭލު ސިފައިންގެ އެތައް ބަޔަކު މިހާރު މަރުވެއްޖެ އެވެ.
އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ބިންގަރާސްތަކަށް ލޮނު އަޅައިގެން މުޖާހިދުން މެރުމަކީ ކާމިޔާބުވެދާނެ އުކުޅެއް ކަމާ މެދު އިޒްރޭލުގެ މަސްއޫލުވެރިންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އެހެން ނަމަވެސް އަޖުމަ ބެލުމުގެ ގޮތުން ލޮނު އަޅާނީ، ހަމާސް އިން ހިފަހައްޓާފައިވާ ރަހީނުން ނެތްކަން ޔަގީންވާ ބިންގަރާސްތަކަށް ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.
އިޒްރޭލުން ބުނާ ގޮތުގައި އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން 135 ރަހީނަކު އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް އިޒްރޭލުން ބުނެ އެވެ.
މި މަހުގެ ކުރީކޮޅު އިޒްރޭލުން ބުނި ގޮތުގައި ޣައްޒާގެ ބިމު އަޑީގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ބިންގަރާސްތަކަށް ވަދެވޭ 800 ދޮރެއް ވަނީ އިޒްރޭލު ސިފައިންނަށް ފެނިފަ އެވެ. އޭގެ ތެރެއިން 500 އަށް ވުރެ މަދު ނޫން އަދަދެއްގެ ދޮރު މިހާރު ވާނީ ގޮއްވާލާފައި ކަމަށް ވެސް އިޒްރޭލު ސިފައިން ބުންޏެވެ.
ހަމާސް ޖަމާއަތުން 2021 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ޣައްޒާގެ ބިމު އަޑީގައި، 500 ކިލޯ މީޓަރު (331 މޭލު) ދިގުމިނުގެ ބިންގަރާސް މަގުތައް ހަދާފައި ހުންނާނެ އެވެ. ނަމަވެސް އެއީ މުޅިން ސައްހަ މައުލޫމާތެއް ކަން ކަށަވަރެއް ނޫނެވެ.
އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 68 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 8000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5600 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 50100 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޣައްޒާގެ ދެބައިކުޅަ އެއްބައި ތިބީ ހައިހޫނުކަމުގައި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން