24 ޖުލައި 2017
ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އެ މަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުންނެވި އަދީބު ބޭސްފަރުވާ އިން މަހްރޫމް ކުރާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާ ސަބަބެއް އެޗްއާރުސީއެމުން ބުނެފައެއް ނުވެ އެވެ. އެޗްއާރުސީއެމްގެ ޓީމަކުން ވަނީ އަދީބު ދޫނިދޫގައި ހުންނަވަނިކޮށް އެ މަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ.
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. މިކަމަށް ރާއްޖޭން އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.
އެކަމަކު އެމަނިކުފާނު ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރަކުން ނުދިނެވެ.
ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
ރައީސް ޔާމީން ދާދި ފަހުން ވިދާޅުވެފައިވަނީ އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އަދީބުގެ ބޭސްފަރުވާ އަށް އޭނާގެ ޚަރަދުގައި ރާއްޖެ އިން ބޭރުން ކިތަންމެ ބައިވަރު ޑޮކްޓަރުން ގެނަޔަސް އެންމެ ރަނގަޅެވެ. އައިޖީއެމްއެޗްގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އަދީބަށް ބޭސްކުރަން ހުއްދަ ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާ އިރު، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހްރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ ގޮވާލަމުންނެވެ.
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް
އިމްރާން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލަން އެދިއްޖެ
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި
ނިހާނާއި އަދީބު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
ޝަރީއަތް ނިމެންދެން އަދީބު ބަންދަށް
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް