19 ޖުލައި 2017
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތައްޔާރީތައް އަދިވެސް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތައްޔާރީތައް އަދިވެސް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
މި ހަފުތާ ބަންދުގެ ކުރިން ސަރުކާރުން ބޮޑުކަމެއް ނިންމާނެ ކަމަށް، ވެރިކަން ކުރާ ޕީޕީއެމުން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، އެއީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ބުނެ އެތައް ބަޔަކު ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެކަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ބާރަށް އެބަ ކުރިއަށް ދެ އެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރަން ފެށޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެކަމުގެ ޒާތުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާތީ އެވެ.
"މިކަމަކީ ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމެއް. އެހެންވީމަ އެކަން ކުރެވޭނެ ދުވަހެއް އަދި ދަންނަވާކަށް ނޭނގޭ. އެކަމަކު ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" އަޒްލީން ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފަށާނެ ކަމަށް މިދިޔަ އޭޕްރީލް މަހު ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އެ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެ ފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމަ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި އަދި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.
މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާތައް އަދި ނުނިމޭ އިތުރު ބަޔަކު ވެސް އެބަ ތިއްބެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން އުޅުނު ކަން ސާބިތުވި މީހެއްގެ މައްޗަށެވެ.
ދުވަސްކޮޅެއްގެ ތެރޭގައި މަރުގެ އަދަބު ދޭން ފަށާނެ
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަނީ
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން
މަރުގެ އަދަބުން ސަލާމަތްވާން 9 ބިލިއަން ޑޮލަރު ހޯދަނީ
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ސައޫދީގައި އެއް ދުވަހު ހަތް މީހުންނަށް މަރުގެ އަދަބު
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ހެއްކާ މެދު ޝައްކު ވިޔަސް މަރުގެ ހުކުމް ތަންފީޒުކޮށްފި
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް