14 ޖުލައި 2017
ޔުނައިޓެޑް ވިކްޓަރީ 6-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރައި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ މަސައްކަތުގައި މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.
ޔުނައިޓެޑް ވިކްޓަރީ 6-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރައި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ މަސައްކަތުގައި މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.
މި މޮޅާ އެކު ޓީސީ ވަނީ 19 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. ވިކްޓަރީ އަށް ވެސް 19 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ހަ ވަނަ އަށް ވެއްޓުނީ ލަނޑުގެ ތަފާތުން ޓީސީ އަށް ކުރި ލިބޭތީ އެވެ. އެކަމަކު މިރޭ ވެލެންސިއާ އަތުން މޮޅުވެއްޖެ ނަމަ 22 ޕޮއިންޓާ އެކު ވިކްޓަރީ އަށް އަލުން ފަސް ވަނަ ލިބޭނެ އެވެ.
އަދިވެސް ގަދަ ހަތަރަކަށް އެރުމަށް ޓީސީގެ އަމިއްލަ ބާރެއް ނެތެވެ. އެކަމަކު ގޯލް ތަފާތު ބޮޑުކުރުމަކީ އެ ޓީމަށް ލިބޭނެ އެޑްވާންޓޭޖެކެވެ. އެއީ ފަހުން މެޗުން ގްރީން ސްޓްރީޓްސް އަތުން އީގަލްސް ބަލިވެއްޖެ (އެ ހާލަތުގައި ގްރީން ސްޓްރީޓްސް ކޮލިފައިވާނެ) ނަމަ ޓީސީ އަށް ފަހު މެޗުން ވިކްޓަރީ އަތުން މޮޅުވެގެން އީގަލްސްގެ މައްޗަށް ގޯލް ތަފާތުން ކުރި ހޯދޭނެތީ އެވެ. މި ވަގުތު ވިކްޓަރީ އަށް ވުރެ ގޯލް ތަފާތު ޓީސީ އަށް ރަނގަޅުވި ނަމަވެސް މިރޭ ވެލެންސިއާ މެޗު ވިކްޓަރީ އަށް އޮތުމުން އަދި ގޯލް ތަފާތު ނައްތާލުމުގެ ފުރުސަތު ވިކްޓަރީ އަށް އެބައޮތެވެ. މިރޭ މޮޅުވިޔަސް އެ ތަފާތު ވިކްޓަރީއަށް ނައްތާނުލެވިއްޖެ ނަމަ އެއީ ޓީސީ އަށް ލިބޭނެ ބޮޑު އެޑްވާންޓޭޖެކެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި، 40 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ޓީސީގެ ފުރަތަމަ ދެ ގޯލް ޖަހައިދިނީ މުހައްމަދު ސާމިރެވެ. ދެ ވަނަ ހާފުގައި ކޮނޭލިއަސް ސްޓެވަޓް ދެ ލަނޑު ޖަހާފައިވަނިކޮށް ޓީސީގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަދި މުހައްމަދު އައްޒާމެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މިއަދުގެ މެޗަށް ނުކުތީ ވެސް ގޯލް ތަފާތު ނައްތާލުމަށްޓަކައި މަދުވެގެން ހަތަރު ގޯލް ޖަހަން އަމާޒުކޮށްގެން ކަމަށާއި ހަ ލަނޑު ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.
"ފުލް އެޓޭކަށް ވިސްނައިގެން މިއަދު ކުޅުނީ. ކޮލިފައިވުމަށްޓަކައި މިހާރު އޮތްގޮތުން ގޯލް ތަފާތުން ކުރި ހޯދަން ޖެހޭ ހާލަތަށް ދާނެ. އެހެންވެ އެކަމަށް އަމާޒުކޮށްގެން ނުކުތީ،" ނިޒާމް ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުގެ ކުރީކޮޅު ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ފަހުން ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. އަދި އެންމެ ބޮޑު އެއް މައްސަލައަކީ ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިން ޒިންމާނަގަން ބޭނުންނުވުން ކަމަށެވެ.
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީއަށް އުނދަގޫ މޮޅެއް
"ޔޫވީ އަކީ ޗެލެންޖް ދޭ ޓީމެއް، ފަސޭހަ ނުކުރާނަން"
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޔޫވީ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
އަހަންނަކަށް ވެސް ވަކި ޕްރެޝަރެއް ނެތް: ނިޒާމްބެ
އީގަލްސްއާ އެއްވަރުވެ ޓީސީ އުނދަގޫ ހާލަތަކަށް